ފުލުސް އޮފިސަރު އޭނާގެ ދަރިފުޅު އުރާލައިގެން، ރައީސް މުހައްމަދު މުއިއްޒުގެ އަރިހުގައި. (ފޮޓޯ/ރައީސް އޮފީސް)
އޮފިސަރާއި ދަރިފުޅާ ބައްދަލުކޮށްދިނީ އެ ވަގުތަށް: ފުލުހުން
އެހެން ރަށެއްގައި މަސައްކަތް ކުރާ ފުލުހަކު އޭނާގެ އުމުރުން ތިން އަހަރުގެ ދަރިފުޅާ ބައްދަލުކުރުމުގެ ފުރުސަތު ރައީސް މުހައްމަދު މުއިއްޒު ހަމަޖައްސައިދެއްވީ އެ ވަގުތަށް ކަމަށާއި އެ އޮފިސަރު މަސައްކަތް ކުރާ ސްޓޭޝަން ދާއިމީކޮށް ބަދަލުކުރީ ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ރައީސް ހުވަދޫ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ކަނޑުހުޅުދޫއަށް ވަޑައިގަތުމުން އެމަނިކުފާނުގެ އަތްޕުޅަށް ކުޑަ ފިރިހެން ކުއްޖަކު ވަނީ ނޯޓެއް ދީފަ އެވެ.
ބުނީ ކީކޭ؟ - ކަން ވީ ގޮތުގެ ތަފްސީލު ހިއްސާކޮށް، ފުލުހުންގެ ތަރުޖަމާނުގެ ރަސްމީ އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެ ނޯޓުގައި އެ ކުއްޖާ ލިޔެފައި އޮތީ، ބައްޕަ މަތިން ހަނދާންވާ ވާހަކަ ކަމަށެވެ. އެ ކުއްޖާގެ ބައްޕައަކީ އެހެން ރަށެއްގެ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހެކެވެ.
"އެ ކުއްޖާއަށް 1 އަހަރުން ފެށިގެން ބައްޕަ އުޅެނީ ރަށުން ބޭރުގައި ކަމަށް ވުމުން، ރައީސް ބޭނުންފުޅުވީ ރައީސް އެ ރަށުން ފުރާވަޑައިގަތުމުގެ ކުރިން ވާން އޮތް ކަމެއްނަމަ ބައްޕަ އާއި ކުއްޖާއާ އެކު ބައްދަލުވާނެ ފުރުސަތު އޮތްތޯ ބެއްލެވުމަށް،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
"އެގޮތުން ކުއްޖާގެ ބައްޕަ ހުރީ ކައިރި ރަށެއްގެ ޕޮލިސް ސްޓޭޝަނެއްގައި ކަމުން އެ ވަގުތަށް އެކަން މި މުއައްސަސާއިން ވަނީ ހަމަޖައްސައިދީފައި."
އެކަމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ މުވައްޒަފުންނާ މެދު އަމަލުކުރަމުންދާ އުސޫލުތަކާ ތަފާތު ގޮތަކަށް އަމަލުކޮށްފައިނުވާނެ ކަމަށް ވެސް އެ ޕޯސްޓުގައި ވަނީ ބުނެފަ އެވެ.
އެކަމުގެ ތަފްސީލު ފުލުހުން ހިއްސާކުރީ، ސޯޝަލް މީޑިއާގައި ބައެއް މީހުންގެ ފާޑުކިޔުން އެކަމަށް އަމާޒުވެފައި ވަނިކޮށެވެ.
ކޮމެންޓް (9)
ސިކުނޑި
ބުރޯ
ތެފައާސާ.
އެދުރު ބެ
ބެއްޔާގެ ދަރި
ސާއިފް
ީހަސަން
ޖޖހބނ
ޑަރޭ