އެޗްޑިސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު (ކ) އާއި އޭނާގެ ބޭބެ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދު.
ފަޒުލް އާއި ފަޒީލް ނުހިމެނޭހެން 9 މީހުންގެ ޕާސްޕޯޓް ދޫކޮށްލައިފި
މިދިޔަ ސަރުކާރުގައި މާލޭ މީހުންނަށް ގޯތި ދޭން ހިންގި 'ބިންވެރިޔާ' ސްކީމުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނަން ނުހިމެނޭ މީހުންނަށް ގޯތި ދިން މައްސަލައިގައި ޕާސްޕޯޓް ހިފެހެއްޓި މީހުންގެ ތެރެއިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ނުހިމެނޭހެން ނުވަ މީހުންގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލައިގައި 20 މީހުންގެ ޕާސްޕޯޓް ހިފެހެއްޓީ މި މަހު 20ގަ އެވެ. އެ އެންމެންގެ އިލެކްޓްރޯނިކް ސާމާނު ވެސް ފުލުހުން ހިފެހެއްޓި އެވެ.
ތަފްސީލް - އެކަމާ ގުޅޭ ގޮތުން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މީހުންގެ ޕާސްޕޯޓް ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އާ މަޝްވަރާކޮށް، ޕީޖީގެ ލަފާގެ މަތިން ކަމަށެވެ.
"ދަތުރު ކުރުން މަނާކުރުމުގެ އަމުރު ބާތިލްކުރި މީހުންގެ ތެރޭގައި އިބްރާހިމް ފަޒުލް ރަޝީދާއި މުހައްމަދު ފަޒީލް ރަޝީދު ނުހިމެނޭ،" ޕާސްޕޯޓް ދޫކޮށްލީ ކޮން ބައެއްގެކަން ނުބުނެ، ފުލުހުންގެ މެސެޖުގައިވެ އެވެ.
ފާހަގަކުރެވޭ - ހުޅުމާލޭ ފްލެޓާއި ގޯތި މައްސަލާގައި ޕީޖީ އައްބާސް ޝަރީފްގެ އެންގެވުމަކަށް އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ދަނީ ހިންގަމުންނެވެ.
އެނގުން މުހިންމު - އެ މައްސަލައިގައި އެޗްޑީސީގެ ޗެއާމަން ފިޔަވާ ބޯޑުގެ އެހެން ހުރިހާ މެންބަރުން ސަސްޕެންޑްކުރުމަށް ފަހު މިހާރު ވަނީ އެ ސަސްޕެންޝަން އުވާލައިފަ އެވެ.
އެ ކުންފުނީގެ އިސް 15 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ތިއްބާ އަލުން ވަނީ ވަޒީފާ ދީފަ އެވެ. ނަމަވެސް އެ މީހުން ތިބީ ސަސްޕެންޝަންގަ އެވެ.
ކޮމެންޓް (3)
ފަޒުލް
ޝުޖާ
ލިޔެލާ