މައުރަޒުގެ ތެރެއިން.

އުރީދޫ

ސުނާމީ ކާރިސާ މައުރަޒުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

މި މައުރަޒު އޮންނަނީ ގައުމީ އާޓް ގެލެރީގައި މިއަދުގެ ނިޔަލަށް
29 ޑިސެމްބަރު 2024

މީގެ 20 އަހަރު ކުރިން، 26 ޑިސެމްބަރު 2004ގައި ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާނުގައި ބާއްވާ މައުރަޒުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އާއި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮ ޑިޒާސްޓާ ރިސްކް ރިޑަކްޝަން އިން ބާއްވަނީ 'ވިލުންތެރި 20 - ރެސިލިއަންޓް 20' މައުރަޒެވެ. މި މައުރަޒު އޮންނަނީ ގައުމީ އާޓް ގެލެރީގައި މިއަދުގެ ނިޔަލަށް އެވެ.

ތަފްސީލް - އުރީދޫން ބުނި ގޮތުގައި، މި މައުރަޒުން ދައްކުވައިދެނީ ސުނާމީ ކާރިސާގައި ރާއްޖެއަށް ލިބުނު ހިތްދަތިކަމާއި ސަލާމަތްވި މީހުންގެ ކެތްތެރިކަމާއި މުޅި ގައުމަށް ގެނުވި އެއްބައިވަންތަކަމާއި ދިވެހިންގެ ހިތްވަރު ކަމަށެވެ.

އުރީދޫއަކީ މިފަދަ ކާރިސާތަކާއި ގައުމަށް ދިމާވާ ދަތިތަކުގައި އިސްކޮށް މަސައްކަތްކުރާ ބައެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫން ކާރިސާތަކުގައި ވެފައިވާ އެހީ:

  • 2014ގައި ދިމާވި ފެނުގެ ހާދިސާ

  • ކުއްލި ނުރައްކަލުގެ ޓެލެކޮމިއުނިކެޝަން އެހީ

  • ހިލޭ އެސްއެމްއެސް އެލާޓްތަކާއި އިންޓަނެޓް ހިދުމަތް

  • ކޮވިޑުގައި ދިން އެހީތެރިކަން

  • ކޮވިޑްގައި 2.5 މިލިއަންގެ އެހީ

  • ކޮވިޑްގައި ހޭލުންތެރިކުރުވުމުގެ މައުލޫމާތު

  • އޮންލައިންކޮށް ކިޔެވުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ދިން ޑިޖިޓަލް ހިދުމަތް

  • އެއާ-އެމްބިއުލަންސްގެ ތަކެއްޗަށް 16 މިލިއަން ރުފިޔާ

  • ސަރުކާރަށް ތިން ސީ-އެމްބިއުލަންސް ހަދިޔާކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް