އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބައެއް ފަރާތްތަކަށް ހުޅުމާލެއިން ބިމން ދިން ކަމަށް ބުނާ މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް އަދި ތުހުމަތެއް ނެތް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ފަޒުލްގެ ބޭބެއަކަށް ބިން ދިން ކަމަށް ބުނާ ލިޔުންތަކެއް އިއްޔެ ސޯޝަލް މީޑިއާގައި އާންމުވުމާ އެކު ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ. އެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން މިރޭ ވަނީ ނޫސްވެރިންނަށް މައުލޫމާތު ދީފަ އެވެ.
ބުނީ ކިކޭ؟ - އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެކަމުގައި އެޗްޑީސީގެ އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތްކަަމަށް އަދި މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށެވެ. އަދި ހެކި ނައްތާލުމަށް އެޗްޑީސީގެ ތެރެއިން މަސައްކަތްކުރިކަން ވެސް ފާހަގަ ނުވާ ކަމަށް ވިދާޅުވި އެވެ.
އެ މައްސަލައިގައި ފަޒުލްގެ މައްޗަށް އަދި އެއްވެސް ތުހުމަތެއް ނެތް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެއްވެސް ފަރާތެއްގެ ޕާސްޕޯޓް ހިފަހައްޓަން ވެސް ނޭދޭކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން ތަހުގީގުކުރިއަށް ދާ ވަރަކުން ފުރުން މަނާކުރަން ޖެހޭ މީހެއް ހުރި ނަމަ އަޅުގަނޑުމެން އެކަން ކުރާނަން،" ޝަރީފް ވިދާޅުވި އެވެ.
ކޮމެންޓް (2)
ބޭބެ
އުނބުއްޓޭ