އަހްމަދު މޫސާ އަޑުއެހުމެއްގައި
އަހްމަދު މޫސާ ފުރައިގެން ދިއުމުގެ ހުއްދަ ކޯޓުން ދީފި
ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)އަށް 14 ދުވަހަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ކޯޓުން ދީފި އެވެ.
ވީ ކިހިނެއް؟ - ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ރާއްޖެއިން ފިލި އަހުމަދު މޫސާ ތިން ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން ދޫކޮށްލީ މާޗު 2022ގަ އެވެ.
ތަފްސީލް - އަހްމަދު މޫސާއަށް ބޭރަށް ފުރުމުގެ ހުއްދަ ދިނީ އޭނާގެ ޕާސްޕޯޓު ނުވަތަ ޓްރެވެލް ޑޮކިއުމަންޓް ހިފަހައްޓައި ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ރިވިއުކޮށްދިނުމަށް މިދިޔަ މަހު 16 ވަނަ ދުވަހު ހުށަހެޅުމުން މި މަހު 5 ވަނަ ދުވަހު ބޭއްވި އަޑުއެހުމެއްގަ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނި ގޮތުގައި، އެ އަޑުއެހުމުގައި ކޯޓުން އޭނާއަށް ހުއްދަ ދިނީ ކަފާލާތުގެ ދަށުން އަހްމަދު މޫސާގެ ފަރާތުން މީހަކު ޖާމިނުކޮށް އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކާ އެކު، 14 ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ގުނާނީ އޭނާ ރާއްޖޭން ފުރުމަށް ހަމަޖެހޭ ތާރީހުން ފެށިގެންނެވެ.
ކޮމެންޓް (1)
ތެފައާސާ.