އަސްމާއަށް މަރުހަބާ ކިޔައި ފިނޭންސް މިނިސްޓްރީން ކުރި ޕޯސްޓް
އިކޮނޮމިކް ރިފޯމް ކޮމިޝަނަރަކަށް އަސްމާ ޝަފީއު
ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތަކުގެ ޒިންމާ ހަވާލުކުރުމަށް ހަމަޖެހިފައިވާ އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނަރަކަށް މީރާގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަސްމާ ޝަފީއު އައްޔަންކޮށްފި އެވެ.
ވީކިހިނެއް؟ - ދައުލަތުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ރިފޯމް ކޮމިޝަނަރަކު ހަމަޖައްސަން ނިންމައި އިއުލާންކުރީ މި މަހު 4ވަނަ ދުވަހުގަ އެވެ.
ފިނޭންސް މިނިސްޓްރީން މިރޭ ބުނި ގޮތުގައި އެ މަގާމަށް އަސްމާ ވަނީ އައްޔަންކޮށްފަ އެވެ.
ތަފްސީލް - ފިނޭންސް މިނިސްޓަރަށާއި މިނިސްޓަރުގެ އެޑްވައިޒަރަށް ރިޕޯޓު ކުރަން ޖެހޭ ރިފޯމް ކޮމިޝަނަރުގެ މަސްއޫލިއްޔަތުތައް ވެސް ގިނަ އެވެ. އޭގެ ތެރޭގައި:
-
ނެޝަނަލް ރިފޯމު އެޖެންޑާގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގައި އެންމެ އިސްކޮށް މަސައްކަތްކުރުން
-
ރިފޯމާ ގުޅުން ހުރި ކަންކަމުގައި ފިނޭންސް މިނިސްޓަރަށާއި މިނިސްޓަރުގެ އެޑްވައިޒަރަށް ލަފާ ދިނުން
-
އިގްތިސޯދު ސިންދަފާތު ކުރުމުގެ މަސައްކަތްތަކާ ގުޅުން ހުރި ކަންކަން
-
މެކްރޯ އިކޮނޮމިކް ސްޓެބިލިޓީ އެންޑް ރެޒިލިއަންސްގެ ސްޓްރެޓެޖީތައް އެކުލަވާލައި ތަންފީޒުކުރުން
ފާހަގަކުރެވޭ - ސަރުކާރުން އަންނަނީ ދައުލަތުގެ ހަރަދުތައް ވެސް ހިމެނޭ ގޮތަށް އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމުކޮށް އާސަންދަ އާއި ސަބްސިޑީ ނިޒާމަށް ބަދަލުތައް ގެންނަން ވަނީ ނިންމައިފަ އެވެ. އަދި އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކެއް ވެސް ތަންފީޒުކުރަން ވަނީ ފަށައިފަ އެވެ.
ކޮމެންޓް (2)
ތެފައާސާ.
ތެފައާސާ.