ވަޒީރުންގެ މަޖިލީހުގައި ރައީސް މުހައްމަދު މުއިއްޒު: ސައިބާ ކުށްތައް ގާނޫނުއްއުގޫބާތުގައި ހިމެނި ބިލް ތަސްދީގުކުރެއްވި - (ފޮޓޯ/ރައީސް އޮފީސް)

ސައިބާ ކުށްތައް ގާނޫނުލްއުގޫބާތުގައި ހިމެނި ބިލު ތަސްދީގުކުރައްވައިފި

ގާނޫނުލްއުގޫބާތަށް މި ގެނައި ބަދަލުތަކާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މަޖިލީހުން ގެނައި ބަދަލުތައް ވެސް ރައީސް މުއިއްޒު މިއަދު ތަސްދީގުކުރެއްވި
17 ޑިސެމްބަރު 2024

ޑިޖިޓަލް އާލާތްތައް ބޭނުންކޮށްގެން ހިންގާ "ސައިބާ" ކުށްތައް ހުއްޓުވުމުގެ މަގުސަދުގައި އޭގެ ކުށްތައް ގާނޫނުއްއުގޫބާތުގައި ހިމަނައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ވީކިހިނެއް؟ - މިދިޔަ ހަފުތާ ބުދަ ދުވަހު ފާސްކުރި ބިލު ރައީސް ތަސްދީގު ކުރެއްވި ކަން ރައީސް އޮފީހުގެ ވެބްސައިޓްގައި މިއަދު ޝާއިއުކޮށްފައިވެ އެވެ.

ބިލުގެ ތަފްސީލް - ގާނޫނުއްއުގޫބާތުގައި މުޅިން އަލަށް ހިމެނުމަށް ބިލުގައިވާ ކުށްތަކަކީ:

  • ހުއްދަ ނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުން

  • އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ނުވަތަ އެހެން ނިޔަތެއްގައި ވެސް ހުއްދަ ނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އިންޓަފެއާކުރުން

  • ހުއްދަ ނެތި ކޮމްޕިއުޓާ ޑޭޓާ އިންޓަސެޕްޓްކުރުން

  • ނަަހަމަ ގޮތުގައި ޑިވައިސްތައް ބޭނުންކުރުން

  • ސައިބާ ވަޔަލަންސްގެ އަމަލުތައް؛ މީގެ ތެރޭގައި ކުޑަކުދިންނާއި މީހުންގެ އަސްލާ އެއްގޮތްވާ ތަސްވީރު، އަޑު އަދި އެނިމޭޝަން ހެދުމާއި ބްލެކްމެއިލްކުރުން ހިމެނޭ

  • ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީއާއި އޮޅުވާލުމުގެ އަމަލުތައް

  • ކޮމްޕިއުޓަރާ ގުޅޭ ހައްގުތަކަށް އަރައިގަތުމުގެ ކުށްތައް

ގުޅުން ހުރި - ގާނޫނުއްއުގޫބާތަށް މި ގެނައި ބަދަލުތަކާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މަޖިލީހުން ގެނައި ބަދަލުތައް ވެސް ރައީސް މުއިއްޒު މިއަދު ތަސްދީގުކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް