އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (ކ) އާއި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ކުރީގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ (ވ): ދެ ބޭފުޅުންވެސް ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާފަ
ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ އާއި މުއާޒު ބްރޯޑްކޮމްއަށް އައްޔަންކޮށްދޭން ރައީސް އެދިވަޑައިގެންފި
ބްރޮޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ ދެ މެންބަރު ކަމަށް ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރެއްވި މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރުޖަމާނުކަން ކުރެއްވި އިބްރާހީމް މުއާޒް (ޓީވީ މުއާ) ހަމަޖައްސަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހުގައި މިއަދު އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - އެ މަގާމަށް ދެ މެންބަރަކު އައްޔަން ކުރަން ރުހުން ހޯދަން މަޖިލީހަށް ފޮނުވީ އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި މަރިޔަމް ވަހީދާ އާއި މެންބަރު އަލީ ޔޫސުފްގެ ދައުރު މިމަހުގެ 5 އަށް ހަމަވެފައިވާތީ އެވެ.
ތަފްސީލް - އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ރައީސް އިސްކަން ދެއްވި ތަރުތީބުން މިއަދުވަނީ ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. އޭގެ ތެރެއިން ރައީސް އިސްކަން ދެއްވި ތަރުތީބަކީ:
-
1-
އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) / ހއ. އިހަވަންދޫ، ހުސްއަކުރުގެ
-
2-
ޔާމީންގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ / ހަޒާރުމާގެ، ނ. ފޮއްދޫ
-
3-
އިބްރާހިމް އަޝްރަފު / ވ. މަށިވެލި
-
4-
ލެފްޓިނެންޓް ކާނަލް ރިޓަޔާޑް ޒުބައިރު އަހުމަދު މަނިކު / ގ. މަލްވިނަ
-
5-
އަބްދުﷲ ހުމައިދު / ފަޒާ، ޅ. ހިންނަވަރު
-
6-
އައިޝަތު ދިޔާނާ ތޯހިރު / ސެވަންސްޓާ، ސ. ހިތަދޫ
-
7-
އައިމިނަތު ސަރާހަތު އިއްޒަތު / ގ. ގޮފި
-
8-
ޝިމްލާ އަމްހަދު / އާސްޓްރަލްގެ، ސި ހިތަދޫ
-
9-
އިސްމާއިލް ޝަފީގް / މ.ސްލީޓް
-
10-
ޝިފްޒާ މުސްތަފާ / މާދަޑު، އާސާން، ޏ ފުވައްމުލައް
-
11-
އަލީ ނިޝާން / ގ ކޫލްގްރާސް
-
12-
މުހައްމަދު ޝަމީމް / ހ ޕްރިޓީވިލާ
މި މަގާމަށް މީހުން އައްޔަންކުރަން އެ ބޭފުޅުންނާ އިންޓަވިއުކުރުމުގެ މަސައްކަތް ކުރަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ. އެ ކޮމެޓީން އާންމުކޮށް އެފަދަ މަގާމުތަކަށް އިންޓަވިއު ކުރަނީ ވެސް ރައީސް އިސްކަން ދެއްވާފައިވާ ތަރުތީބުންނެވެ.
ފާހަގަކޮށްލެވޭ - ރައީސް އިސްކަން ދެއްވި މުއާޒަކީ މީގެ ކުރިން ޓީވީއެމްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ފަހުން އޭނާ ފެނިފައި ވަނީ ސިޔާސީ ދާއިރާއިންނެވެ. އެގޮތުން އޭނާ ވަނީ:
-
ޕީޕީއެމްގެ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ އިތުރަށް ޔާމީންގެ ސްޕޯކްސްޕާސަންކަން ކުރައްވާފައި
-
ފަހުން އެމްޑީޕީއަށް ސޮއިކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭންގައި ވެސް މަސައްކަތް ކުރެއްވި
-
އޭގެ ކުރިން އޭނާ ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ލީޑަރުކަން ކުރައްވާ މޯލްޑިވްސް ތާޑްވޭ ޓިމޮކްރެޓްސް (އެމްޓީޑީ)ގައި ވެސް ހަރަކާތްތެރިވެފައި
-
އެންމެ ފަހުން ބޭއްވި މަޖިލީހުގެ އިންތިހާބުގައި ވެސް ހުޅުމާލޭ ދާއިރާއަކަށް އޭނާ ވާދަކުރެއްވި
މުހައްމަދު އަބްދުﷲ ދިވެހިންގެ މެދުގައި މަގުބޫލުވެފައި ވަނީ ކޮމޭޑިއަންއެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހުން މަޖިލީހުގެ މެންބަރުކަން ކުރެއްވި އެވެ. އަދި މިފަހަރު ވެސް މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި އޭނާ ވާދަކުރެއްވި އެވެ.
އެ ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންނަކީ:
-
ނައިބު ރައީސް މުހައްމަދު ފަޒީން
-
މެންބަރު އާމިނަތު އަމީނާ
-
މެންބަރު ޝިފްލާ އިބްރާހިމް
-
މެންބަރު ސަފާ ޝަފީގް
-
މެންބަރު އާމިނަތު ނުޒުހާ
ކޮމެންޓް (4)
ހުލި
ތެފައާސާ.
ހުވަދޫ އަހައްމަދޭ
ބޯހަލާކު