ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުން ބައެއް ސާމާނުތައް ނެރެނީ (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)
ފްލެޓް ލިސްޓުގެ ލިޔުންތައް ހުރީ ސަލާމަތުން: ހައުސިން މިނިސްޓްރީ
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބޭނެ ކަމަށް ނެރުނު ލިސްޓް އެ މިިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ސަލާމަތުން ހުރި ކަމަށާއި އެ މައުލޫމާތަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ހައުސިން މިނިސްޓްރީން ދެންމެ ބުނެފި އެވެ.
ވީކިހިނެއް؟ - އަމީނީމަގަށްވާ ގޮތަށް މާފަންނުކޮޅުގައި ހުންނަ އެ އިމާރާތުގައި އަލިފާން ރޯވިކަން އެނގުނީ މިއަދު ހެނދުނު ގާތްގަނޑަކަށް 7:30 އެހާކަންހާއިރު އެވެ. މުޅި އިމާރާތުގައި ރޯވެ އަދިވެސް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހައުސިން މިނިސްޓްރީގެ މުޅި އިމާރާތް އަނދާ ހުލިވަމުންދާ އިރު ފްލެޓް ލިސްޓާ މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބުނީ ކީކޭ؟ - ހައުސިން މިނިސްޓްރީން ބުނީ އެ މައުލޫމާތަކީ ކްލައުޑްހޯސްޓިންގައި އޮންލައިންކޮށް ރައްކާކުރެވިފައިވާ ހުރި މައުލޫމާތުތަކެއް ކަމުން އެ މައުލޫމާތު ސަލާމަތުން އެބަ ހުރި ކަމަށެވެ.
ބަޔާން ނެރުމުގެ ކުރިން 'ދައުރު'އާ ވާހަކަ ދައްކަމުން މިިނިސްޓްރީގެ މީޑިއާ އޮފިޝަލް އަހުމަދު އިޒްމީމް ވެސް ވިދާޅުވީ ކްލައުޑްގައި ހުރި މައުލޫމާތަށް ވާތީ ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އޭރު ވިދާޅުވީ އެއްޗެއް ދަންނަވަން އެނގޭނީ ސިސްޓަމްތައް ރިކަވާ ކުރުމަށް ފަހު ކަމަށެވެ.
"މިހާރު ދަރުބާރުގެއަށް ސިސްޓަމްތައް ގެންދަނީ މި. މި ސިސްޓަމްތައް ރިކަވާކޮށްފައި އެއްޗެއް ދަންނަވަން އެނގޭނީ. އަޅުގަނޑުމެން މި ބަލަނީ އޮންލައިން ޕޯޓަލްއާ ގުޅޭ ހުރިހާ ފައިލްތަކެއް އޮންލައިންކޮށް ލިބެން ހުންނާނެ ކަމަށް." އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (2)
ތެފައާސާ.
ކިލަމަންސް