ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު (ފައިލް ފޮޓޯ/ޕީއެސްއެމް)

އަބްދުﷲ ޖިހާދު

ޖިހާދުގެ ދައުވާ ކުރިއަށް ގެންދަން ޕީޖީ ސުޕްރީމް ކޯޓަށް

ޖިހާދުގެ މައްޗަށް ކުރާ ދައުވާއަކީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވުމުގެ ކުށުގެ ދައުވާ
7 ޑިސެމްބަރު 2024

ކ. ފުށިދިއްގަރުފަޅު މައްސަލާގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިއަށް ގެންދަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

ކަމުގެ ފެށުން - ކްރިމިނަލް ކޯޓުން ދައުވާ ބޭރުކުރުމުން ޕީޖީ އޮފީހުން އެންމެ ފުރަތަމަ ހުށަހެޅި މައްސަލަ ކުރިއަށް ނުދިޔައީ، މައްސަލަ ހުށަހެޅުމުން، ޖިހާދުގެ އެޑްރެސްއަށް ޗިޓު ފޮނުވި ނަމަވެސް އޭނާއަށް އޭރު ޗިޓު ރައްދު ނުކޮށްދެވިގެންނެވެ. އެޑްރެސް ސާފުކޮށް އަލުން މައްސްލަ ހުށަހަޅަން 15 ދުވަހުގެ ފުރުސަތެއް ދީފައި އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލި އެވެ.

އޭރު ޖިހާދު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

ވީކިިހިނެއް؟ - ދެވަނަ ފަހަރަށް ޕީޖީ އޮފީހުން މައްސަލަ ހުށަހެޅީ ދިން މުއްދަތަށް ވުރެ ދެ ދުވަސް ފަހުން ކަމަށް ވާތީ ހައި ކޯޓުން މައްސަލަ ރަޖިސްޓްރީ ނުކޮށްދިނެވެ. ޕީޖީ އޮފީހުން ފަނޑިޔާރުންގެ މަޖިލީހަށް ނިންމުން މުރާޖާ ކުރަން ހުށަހެޅުމުން އެ މަޖިލީހުން ވެސް ރަޖިސްޓްރާގެ ނިންމުން ދެމެހެއްޓި އެވެ.

ބުނީ ކީކޭ؟ - ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ވަކީލު އަހުމަދު ޝަފީއު 'ދައުރު'އަށް ބުނީ މާދަމާގެ ވަގުތެއްގައި ސުޕްރީމް ކޯޓަށް ހައި ކޯޓު ނިންމުމުގެ އިސްތިއުނާފު ހުށަހަޅާނެ ކަމަށެވެ.

"އަނބުރާ ހައި ކޯޓަށް ވެސް ހަމަ މާދަމާގެ ވަގުތެއްގަައި އެ މައްސަލަ ހުށަހަޅާނަން،"

ފާހަގަކޮށްލެވޭ - ޖިހާދަކީ ޑިވެލޮޕްމަންޓް ބޭންކާއި އޮފްޝޯ ފައިނޭންސިންގެ ހިދުމަތް ދިނުމަށް މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަނެވެ.

ދައުވާކުރި މައްސަލަ - ޖިހާދުގެ މައްޗަށް ކުރާ ދައުވާއަކީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވުމުގެ ކުށުގެ ދައުވާ އެވެ. އެގޮތުން:

  • އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖިހާދު ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު

  • ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް، ކެބިނެޓުން އޭރު ނިންމީ ސަރުކާރުގެ %50 ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދަން

  • ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން ޖިހާދު ސޮއިކުރެއްވީ ސަރުކާރުގެ %25 ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް

  • ސަރުކާރާ އެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ސޮއިކުރީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ އެކު

ފަސް މަންޒަރު - ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މިދިޔަ 25 ޖުލައިގަ އެވެ. ހައި ކޯޓުގައި ދައުލަތުން އެ ނިންމުން އިސްތިއުނާފްކުރީ 29 އޮގަސްޓްގަ އެވެ. މިދިޔަ މަހުގެ 11ގައި މައްސަލަ ބަލައި ވެސް ގަތެވެ. އެގޮތުން:  

  • މި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ޝަރީއަތުގެ ކުރިން ހުށަަހަޅާ ހުށަހެޅުމާ މެދު ނިންމި ނިންމުމުގައި

  • އެ މައްސަލަ ބެލެން ނެތް ސަބަބެއް ކަމަށް ކޯޓުގެ ނިންމުމުގައި ވަނީ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އުނިކަމެއް ހުރި ކަމަށް ބުރަވެވޭތީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް