ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ (ފޮޓޯ/ހޯމްލޭންޑް މިނިސްޓްރީ)
ޝާފިއު ފުލުހަށް ހާޒިރު ކުރަނީ ޖިސްމާނީ ގެއްލުމެއް ދީފާނެ ގޮތަށް ވާހަކަ ދައްކާފައިވާތީ: އިހުސާން
އެމްޑީޕީގެ އެކްޓިވިސްޓަކު 'އެކްސް'ގައި ކުރި ޕޯސްޓަކާ ގުޅިގެން ފުލުހަށް ހާޒިރުކުރަން އެންގީ މީހަކަށް ޖިސްމާނީ ގެއްލުމެއް ދީފާނެ ފަދަ ގޮތަކަށް އެ ޕޯސްޓުގައި ބުނެފައިވާތީ ކަމަށް ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާނު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - @ޗާލީ_ތުއްތު ހޭންޑްލްއިން ހަޑިހުތުރު ބަސް ބޭނުންކޮށް 'ބިރުވެރިކަން އުފެދޭ ގޮތަށް' އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓު ހުސެން ޝާފިއު މާދަމާ މެންދުރު 1:30 އަށް ފުލުހަށް ހާޒިރުވާން ވަނީ ޗިޓު ފޮނުވައިފަ އެވެ.
ތަފްސީލް- ސޯޝަލް މީޑިއާ ޕޯސްޓަކާ ގުޅިގެން ހާޒިރުކުރާތީ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އިހުސާން ވިދާޅުވީ މި މަހުގެ 8 ވަނަ ދުވަހު ޝާފިއުގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބޭނުންކޮށްފައިވާ 'މަށަށް ކަލޭ މަގެއް މަތިން ނުފެއްނާތި!' މި ޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް، އެމީހަކު މަގެއް މަތިން ފެނިއްޖެ ނަމަ އެމީހަކަށް ޖިސްމާނީ ގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާ ގޮތަށް އޮތް ކަމަށެވެ.
އޭގެ ތަފްސީލު ހޯދާ އެކަން ސާފުކުރުމަކީ ކަމާ ބެހޭ އިދާރާތަކުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ޕޯސްޓުގައި ލިޔެފައި މިއޮތީ “މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި!” މި ޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާގޮތަށް އޮތުމުން މިކަމުގެ ތަފްސީލު ހޯދާ މިކަން ސާފުކުރުމަކީ ކަމާބެހޭ… https://t.co/314btJuRuj pic.twitter.com/NOIEpzimbe
— Minister of Homeland Security & Technology (@min_mohst) November 30, 2024
ޝާފިއު ފުލުހަށް ހާޒިރުކުރަނީ ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރަން ހުރަސް އެޅުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވާތީ އެކަމަށް އިޝަރާތް ކުރައްވާ އިހުސާން ވަނީ ފައްޔާޒަށް ނިސްބަތްކޮށް އެފަދަ ބަސްތައް ބޭނުންކުުރުމުން އަޅާނުލާ ހުންނަވާނީތޯ ސުވާލު ކުރައްވައިފަ އެވެ.
"އަދި އެހެން ތިއްބާ މަނިކުފާނު މަގެއް މަތިން ފެނި ޖިސްމާނީ އަނިޔާއެއް ދީފި ނަމަ އެއީ ފާޅުކުރި ހިޔާލު އިތުރަށް ސާފުކޮށްދިނީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ މިއީތޯ މަނިކުފާނުގެ ޒައާމަތެއްގައި މި ގައުމުގައި ކަންކަން އޮންނާނެ ގޮތަކީ؟" އިހުސާންގެ ޕޯސްޓުގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް މީހަކު އިސްތިސްނާ ނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް މި ސަރުކާރުން އަޅާނެ ކަމަށެވެ.
"ހަމައެއާ އެކު ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ އިމުގެ ތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އޮންނާނީ އަބަދުވެސް ހުޅުވިފައި. ކޮންމެ ކަމަކީ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ގައިރު ޒިންމާދާރު ކަމެއް،" އިހުސާނު ވިދާޅުވި އެވެ.
އެނގުން މުހިންމު - ޝާފިއުގެ ޕޯސްޓްގައި އެ އިންޒާރު ދީފައި ވަނީ ސިނގިރޭޓްގެ އަގަށް ގެނައި ބަދަލާ ގުޅުވައިގެން ކަމަށް ބެލެވެ އެވެ. އެއީ އެ ޕޯސްޓްގައި 'މިރޭ މި ގަތީ 270އަށް ފޮއްޓެއް!' މިހެން ލިއެފައި އޮތުމުންނެވެ. އެ ޖުމްލައިގެ ކުރިން ހުތުރު ބަހުން ވަކި މީހަކަށް ނިސްބަތްކޮށްފައި ހުއްޓެވެ.
ކޮމެންޓް (1)
ސިކުނޑި