ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު (ކ) އާއި އެސްޓީއޯގެ މެނޭޖިންޑިރެކްޓަރު ޝިމާދު އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޝާމް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ނުކުރަން ނިންމައިފި
އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރަން ކުރަމުން އައި މަސައްކަތް އެސްޓީއޯއިން ހުއްޓާލައިފި އެވެ.
ވީ ކިހިނެއް؟ - އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރަން ސަރުކާރުން ނިންމީ މިިދިޔަ އޯގަސްޓް މަހުގެ ތެރޭގަ އެވެ.
ތަފްސީލް - އެސްޓީއޯއިން ބުނީ އެ މަސައްކަތް ހުއްޓާލަން ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
އެގޮތުން އެ ކުންފުނިން ބުނިގޮތުގައި:
-
އެ ގޮތަށް އަމަލުކުރަން ފިނޭންސް މިނިސްޓްރީން އެންގީ މި މަހު 24ގައި
-
އެހެންވެ އެ ކުންފުނިން ސަރުކާރަށް ހުށަހެޅި އެކުއިސިޝަން ޕްރޮޕޯސަލްގައި ހިމެނިފައިވާ ކަންކަން ކުރިއަށް ގެންގޮސްފައިވާ މިންވަރު ބަލައި، ފެނަކައިގެ ހިއްސާ ގަތުމުގެ މަސައްކަތް ހުއްޓާލަން ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމާފައިވާ ކަމަށް
ފާހަގަކޮށްލެވޭ - އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުން ހުއްޓާލި ނަމަވެސް އެ ކުންފުނީގެ ހާލަތު ރަނގަޅުކުރަން އެހެން ގޮތެއް ހޯދަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން އެސްޓީއޯގެ ބަދަލުގައިސްޓެލްކޯގެ ދަށަށް ފެނަކަ ގެންދިއުން ފަދަ ހައްލެއް ހޯދަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
އެނގުން މުހިންމު - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކައިގެ ދަރަނި އިތުރުވެ، ކުންފުނީގެ މުވައްޒަފުންގެ އަދަދު ބޮޑުތަނުން މަތިވެ މާލީ މައްސަލަތަކެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ކުންފުނިން ބުނެ އެވެ. ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާގެ އަދަދު އެތައް ބިލިއަން ރުފިޔާއަކަށް އަރަ އެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކައިން އަންނަނީ ކޮންޓްރެކްޓްގެ ދަށުން ނަގާފައި ހުރި މުވައްޒަފުން ވަކިކުރަމުންނެވެ. އެގޮތުން މިހާތަނަށް 900އަށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ބުންޏެވެ.
ކޮމެންޓް (3)
ރިނާބް
ސިކުނޑި
ސިކުނޑި