ށ. ކޮމަންޑޫ (ފޮޓޯ/ޓްވިޓާ)
ފެނަކައިން ކޮމަންޑޫގައި ފަޅުގެއަކަށް އޮޅިގެން 4 ލައްކަ ރުފިޔާ އަރާފައިވާ ކަރަންޓު ބިލެއް ފޮނުވައިފި
ށ. ކޮމަންޑޫގައި މީހުން ނޫޅޭ ގެޔަކަށް އޮޅިގެން ކަރަންޓު ބިލެއް ފޮނުވިއްޖެ އެވެ.
ވީކިހިނެއް؟ - އެ ރަށުގައި މީހުން ނޫޅޭ ގެޔަކަށް ކަރަންޓު ބިލު ފޮނުވައިގެން އެ ރަށު މީހުން ވަނީ ސޯޝަލް މީޑިއާގައި އެ ކަމަށް ފާޑުކިޔައި ޕޯސްޓުތައްކޮށްފަ އެވެ.
ބުނީ ކީކޭ؟ - އެކަމާ ގުޅިގެން ފެނަކައިގެ ރަސްމީ ފޭސްބުކް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެ ބިލަކީ އަލަށް އިންސްޓޯލް ކުރެވުނު މީޓަރެއްގެ ރީޑިން އެޅުމުގައި ދިމާވި ކުށަކާ ގުޅިގެން ހެދުނު ބިލެއް ކަމަށެވެ.
"މި ބިލުގެ މައްސަލަ ފާހަގަ ކުރެވިގެން، މިހާރު ވާނީ ކަސްޓަމަރަށް ގުޅާ ބިލް އިސްލާހު ކުރުމަށް ފަހު ރަނގަޅު ބިލު ފޮނުވާފަ އެވެ." ފެނަކައިން ބުންޏެވެ.
މި ކަމުގެ އިތުރު ތަފުސީލެއް ފެނަކައިން އަދި ނުލިބެ އެވެ.
ފާހަގަކޮށްލެވޭ - ޕޯސްޓުތަކުގައި ދައުރުވަމުންދާ ބިލުން ފެންނަ ގޮތުގައި ކަރަންޓު ބިލަށް 412،648ރ. އަރާފައިވެ އެވެ.