ކަނޑުހުޅުދޫ.

މާރާމާރީ

ކަނޑުހުޅުދޫގައި 2 މީހަކު މާރާމާރީ ހިންގައި ޒަހަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ

އެ ދެ މީހުންނަށް ވެސް ފަރުވާ ދެމުން ދަނީ ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގައި
24 ނޮވެމްބަރު 2024

ގއ. ކަނޑުހުޅުދޫގައި ދެ މީހެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައި ޒަހަމްވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

ވީ ކިިހިނެއް؟ - ފުލުހުން މިއަދު ބުނި ގޮތުގައި މި މާރާމާރީ ހިންގީ ރޭގެ ވަގުތެއްގަ އެވެ. 

ތަފްސީލް - އެ ދެ މީހުނަށް ވެސް ފަރުވާ ދެމުން ދަނީ ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގަ އެވެ. އެގޮތުން:

  • އެއިން އެކަކަކީ 37 އަހަރުގެ ދިވެހި ފިރިހެނެއް

  • އަނެކަކަކީ 40 އަހަރުގެ ދިވެހި ފިރިހެނެއް

މި މީހުންގެ ނަމާއި އެޑްރެސް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް