ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ (ފޮޓޯ/ މަޖިލިސް)
މަޖިލީހުގެ ރުހުން ހޯދައިގެން ބޭރު ސިފައިންނަށް ތިބެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހެއް
ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ރުހުން ދީގެން ބޭރުގެ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވާ ބިލެއް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
ތަފްސީލް - ބިލުގައި ހިމެނޭ ކަންކަމަކީ:
-
މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން މެނުވީ އަސްކަރީ ބޭނުމަށް ބޭރުގެ ބަޔަކަށް ރާއްޖޭގެ ތަނެއް ދީގެން ނުވާނެ.
-
ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން މެނުވީ އަސްކަރީ ބޭނުމަށް ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި ހަރަކާތްތެރިވުމަށް ހުއްދަ ދީގެން ނުވާނެ
މަޖިލީހުގައި މިހާރު 93 މެންބަރުން ތިއްބަވާއިރު، މިގޮތަށް ގާނޫނުއަސާސީ ބަދަލުކޮށްފި ނަމަ ބޭރުގެ ސިފައިން ތިބެން ހުއްދަ ލިބޭނީ 47 މެންބަރުން ވޯޓު ދީގެން އެގޮތަށް ފާސްކޮށްފި ނަމަ އެވެ.
އެނގުން މުހިންމު - ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ބޭރުގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމުގެ ހުއްދަ ނުދިނުމެވެ.
ކުރިން ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް ފަހު، އިންޑިއާއިން ހަދިޔާކޮށްފައިވާ އަސްކަރީ އުޅަނދުތައް ދުއްވަން މިހާރު ވަނީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މަދަނީ މުވައްޒަފުން ގެނެސްފަ އެވެ.
ކޮމެންޓް (1)
ސިކުނޑި