މަޖިލީހުގެ ޖަލްސާއެއްގައި ވޯޓުލުން ކުރިއަށްދަނީ (ފޮޓޯ/މަޖިލިސް)
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަނީ
އިންތިހާބުވާ ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހަޅަައި ވީހާވެސް އަވަހަކަށް ފާސްކުރުމަށް ޕީއެންސީން ނިންމައިފި އެވެ.
ވީކިހިނެއް؟ - ޕާޓީ ބަދަލުކުރުމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް އޮތް ގާނޫނުގެ މާއްދާތައް ގާނޫނު އަސާސީއާހިލާފު ކަމަށް ކަނޑައަޅައިދޭން އެދި ހައި ކޯޓަށް އާންމު މީހަކު ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
ތަފްސީލް - މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ވެރިކަންކުރާ ޕީއެންސީގެ ބައެއް މެންބަރުން 'ދައުރު'އަށް ބުނިގޮތުގައި ޕާލިމެންޓްރީ ގްރޫޕަށް ބިލު ލިބިގެން އެ ބިލު ފާސްކުރަން ނިންމާފަ އެވެ.
މެންބަރުން ބުނި ގޮތުގައި ބިލުގައި ހިމަނަނީ މެންބަރުކަން ގެއްލޭ ހަތަރު ހާލަތެކެވެ. އެއީ:
-
އަމިއްލަ މެންބަރަކު ޕާޓީއަކާ ގުޅުން
-
އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުން
-
އިންތިހާބުވި ޕާޓީން ވަކިވުން
-
ޕާޓީން އެ މީހަކު ވަކިކުރުން
އެނގުން މުހިންމު - ބައެއް މެންބަރުން ބުނީ މާދަމާ ބިލު ހުށަހަޅަައި ބިލު ފާސްކުރަން ސަރުކާރުން ބޭނުންވާ ކަމަަށެވެ. އެކަމަކު އެގޮތަށް ޕީޖީ ގްރޫޕުން ނިންމި ކަމަށް ބުނަނީ ބައެއް މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ގޮނޑި ކާމިޔާބުކުރި ބައެއް ކެންޑިޑޭޓުން ހުވާކުރުމުގެ ކުރިން ޕީއެންސީއަށް ސޮއިކުރި އެވެ. މަޖިލީހުގެ ދަފްތަރުގައި މި މެންބަރުންގެ ޕާޓީގެ ގޮތުގައި އޮންނަނީ ޕީއެންސީ އެވެ.
ބެލެވޭ ގޮތުގައި އިސްލާހު މަޖިލީހުން ފާސްކުރާނީ އެ މެންބަރުންނަށް އަސަރު ނުކުރާ ގޮތަށެވެ.
ކޮމެންޓް (2)
ފޮރި
ސިކުނޑި