ޑިވެލޮޕްމަންޓް ބޭންކު ހުލުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އެ ބޭންކުގެ ސީއީއޯއާ ސަލާމް ކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)
ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް ހުޅުވައިފި
ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) މިރޭ ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - އެސްއެމްއީ ހަބް ކުރިން ހުރި އުމަރު އާކޭޑިއާ އިމާރާތުގައި ގާއިމް ކުރި އެ ބޭންކު ހުޅުއްވައިދެއްވީ، އެ ތަނާ ޖެހިގެން ހުންނަ އިސްލާމީ މަރުކަޒުގެ ހޯލުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުހައްމަދު މުއިއްޒެވެ.
ތަފްސީލު - މި ބޭންކް ހުޅުއްވައިދެއްވުމަށް ރައީސް އައިޕެޑުގެ ބަޓަންއަކަށް ފިއްތާލެއްވުމާ އެކު ދެއްކި ވީޑިއޯ ރިޕޯޓުގައި ބުނީ، މި ބޭންކް ހުޅުވުމަށް ސަރުކާރުން ނިންމީ ރާއްޖޭގެ އިގްތިސާދު އިތުރު ހަރުފަތަކަށް ގެންދިއުމަށް ހުރި މާލީ އަދި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން، އެ ރިޕޯޓުގައި ބުނީ:
-
މި ބޭންކުން ދިގު މުއްދަތުގެ މާލީ ވަސީލަތްތައް ފޯރުކޮށްދިނުމާއި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދޭނެ
-
ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންތައް ގެނައުމަށް މަސައްކަތް ކުރާނެ
ފާހަގަކޮށްލެވޭ ކަމެއް - ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމް ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެ ވައުދު ފުއްދުމަށްޓަކައި މި ބޭންކް ހުޅުވުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ ޖެނުއަރީ މަހު އެވެ. އެމްއެމްއޭއިން މި ބޭންކް އުފެއްދުމަށް ލައިސެންސް ދިނީ 16 އޮކްޓޯބަރުގަ އެވެ.
ކޮމެންޓް