ހަންކެޑެ ބްރިޖު މަތިން ނަގާފައިވާ ފޮޓޯއެއް: ޒުވާނަކު ދަންޖެހިފައި ހުރީ މި ބްރިޖުގެ ބައެއްގައި (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)
ހަންކެޑެ ކޯޒުވޭގައި މީހަކު ދަންޖެހުނު މައްސަލަ ފުލުހުން ބަލަނީ
އައްޑޫގެ ހަންކެޑެ އާއި ގައުކެނޑި ގުޅުވައިދޭ ކޯޒްވޭގައި ޒުވާނަކު ދަންޖެހިފައި ހުއްޓައި ފެނުނު މައްސަލަ ފުލުހުން އިތުރަށް ބަލަމުން އަންނަ ކަމަށް ބުނެފި އެވެ.
ވީކިހިނެއް؟ - ކޯޒުވޭގެ ތަނބެއްގައި ވާގަނޑެއް އައްސައިގެން ދަންޖެހިފައި ހުއްޓާ މިއަދު ފެނުނީ އަހުމަދު އާޔަން، ސ. މަރަދޫފޭދޫ އެވެ. އޭނާ މަރުވީ އަމިއްލައަށް ކަމާ މެދު ޝައްކު އުފެދޭ ކަމަށް ބުނެ، އެ ސަރަަހައްދުގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ފަތުރަމުންނެވެ.
ބުނީ ކީކޭ؟ - އޭނާ ވަނީ މަރާލާފައި ކަމަށް ތުހުމަތުކޮށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އެކި ސަބަބުތައް ދައްކަ އެވެ.
އެ މަރުގެ "މައްސަލައާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ވެސް ފުލުހުން ދަނީ ބަލަމުން،" މިހާރު ފަތުރަމުންދާ ތުހުމަތުތަކާ ބެހޭ ގޮތުން 'ދައުރު'ން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަަލަކު ވިދާޅުވި އެވެ.
އާޔަން ދަންޖެހިފައި ހުރި ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ދަނީ ފަތުރަމުންނެވެ.
ކޮމެންޓް