އެސްޓީއޯ ރޭޓުގައި ޕެޓްރޯލާއި ޑީސަލް ލިބޭނެ އިންތިޒާމް ހަމަޖައްސަން ފިއުލް ސްޓޯރޭޖް ގާއިމްކުރުމުގެ މަޝްރޫއު ރައީސް މިއަދު އިފްތިތާހްކޮށްދެއްވަނީ (ފޮޓޯ/ ރައީސް އޮފީސް)
ޖެނުއަރީ 2026ގެ ނިޔަލަށް ކޮންމެ އަތޮޅަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަނީ
ރާއްޖޭގެ ކޮންމެ އަތޮޅަކުން އެސްޓީއޯ ރޭޓުގައި ޕެޓްރޯލާއި ޑީސަލް ލިބޭނެ އިންތިޒާމް ހަމަޖައްސަން ފިއުލް ސްޓޯރޭޖް ގާއިމްކުރުމުގެ މަޝްރޫއު މިއަދު އިފްތިތާހްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު އިފްތިތާހްކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
ތަފްސީލް - އެ މަޝްރޫއު ޖެނުއަރީ 2026 ނިމުމުގެ ކުރިން ނިންމަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ކޮންމެ އަތޮޅަކުން އެންމެ މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.
މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ:
-
ކޮންޓޭނާ ސެޓަޕެއް ގާއިމްކޮށްގެން؛ އެ ތަނުން މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭނެ
-
އެ ސެޓަޕް ގާއިމްކުރާނީ ކޮންމެ ރަށެއްގެ ވެސް ބަނދަރު ސަރަހައްދުގައި
-
އެ ތަނުގައި މަސައްކަތް ކުރާނެ ކޮންޓްރެކްޓް މުވައްޒަފުން އެ ރަށަކުން ނަގާނެ
-
ކޮންޓޭނާ ސެޓަޕާ އެކު ކުޑަ އޮފީހެއް ވެސް ގާއިމްކުރާނެ
-
އެ ރަށްތަކުގައި މަޝްރޫއު ކުރިއަށް ގެންދާނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން
މި މަޝްރޫއުގެ ދަށުން ފިއުލް ސްޓޯރޭޖް ގާއިމްކުރަން ނިންމާފައިވާ ރަށްތަކަކީ:
-
ހއ. އިހަވަންދޫ
-
ހދ. ހަނިމާދޫ
-
ށ. މިލަންދޫ
-
ނ. މަނަދޫ
-
ރ. ދުވާފަރު
-
ބ. ތުޅާދޫ
-
ޅ. ފެލިވަރު
-
ކ. ހިންމަފުށި
-
އއ. މަތިވެރި
-
އދ. މާމިގިލި
-
ވ. ފެލިދޫ
-
މ. މުލަކު
-
ފ. ނިލަންދޫ
-
ދ. ކުޑަހުވަދޫ
-
ތ. ހިިރިލަންދޫ
-
ލ. ގަން
-
ގއ. ކޫއްޑޫ
-
ގދ. ފަރެސްމާތޮޑާ
-
ފުވައްމުލައް
-
އައްޑޫ ހުޅުމީދޫ
ކޮމެންޓް