މާލޭ މަގުތައް ހެދުމުގެ ޓެކްނިކަލް ފީޒިބިލިޓީ އަށް ރާއްޖެ ވަޑައިގަތް ޗައިނާގެ އެކްސްޕާޓުންގެ ޓީމާ ކޮންސްޓްރަކްޝަން އެންޑް އިންފްރާށްޓްރަކްޗާގެ އޮފިޝަލުން ބައްދަލު ކުރައްވަނީ (ފޮޓޯ/އިންފްރާސްޓްރަކްޗާ މިނިސްޓްރީ)

މަގު ހެދުން

މާލޭ މަގުތައް ހެދުމުގެ ފީޒިބިލިޓީއަށް ޗައިނާގެ ޓީމު ރާއްޖޭގައި

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި މި މަޝްރޫއު ފަށައި ހަތަރު އަހަރަށް ބަހާލައިގެން އެ މަޝްރޫއު ނިންމުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވަނީ ވިދާޅުވެފައި

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ ހުރިހާ މަގެއް ހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން ހަދާ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް އެ ގައުމުގެ ތަޖުރިބާކާރުންގެ ޓީމެއް މާލެ އަތުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން ހަދާ ފީޒިބިލިޓީ ސްޓަޑީގެ މަސައްކަތް ކުރުމަށް ޗައިނާ ސަރުކާރުން ފޮނުވި ޓެކްނިކަލް އެކްސްޕާޓުންގެ ޓީމު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.

ތަފްސީލް - އެ ޓީމާ އެކުު ކޮންސްޓްރަކްޝަން މިނިސްޓްރީން އިއްޔެ ބައްދަލުކޮށްފައި ވާއިރު، މިއަދުން ފެށިގެން މި މަހުގެ 21އާ ހަމައަށް ސާވޭގެ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ. އެގޮތުން، ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމުގެ އިތުރުން ސައިޓް ސާވޭތަކާއި ޑޭޓާ ކަލެކްޝަންގެ މަސައްކަތްތައް ކުރާނެ އެވެ.

މިއީ ޗައިނާގެ އެހީގައި ކުރިއަށް ގެންދާ މާލެ އަދި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތާއި މަޝްރޫއުގެ ޕްލޭން އަދި ޑިޒައިން އެކުލަވާލުމަށް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.

އެނގުން މުހިއްމު - މިދިޔަ ޖެނުއަރީގައި ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުން ރާއްޖެއަށް ދޭން ނިންމި 130 މިލިއަން ޑޮލަރުގެ ބޮޑު ބައެއް ހޭދަކުރާނީ، މާލޭ މަގު ހަދާ މަޝްރޫއަށް ކަމަށް އެ މަނިކުފާނު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.  

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި މި މަޝްރޫއު ފަށައި ކުރިއަށް ހަތަރު އަހަރަށް ބަހާލައިގެން އެ މަޝްރޫއު ނިންމުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް