އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް މުއިއްޒު (މ) ފުރާވަޑައިގެންނެވުމުގެ ތެރެއިން. (ފޮޓޯ/ ރައީސް އޮފީސް)
ހަރަދު ކުޑަކުރުމަށް 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފި: ހީނާ
މާލީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އިއްޔެގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާލީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން 228 މުވައްޒަފުން ދެ ހަފްތާ ތެރޭ ވަކިކުރަން ނިންމަވާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.
ތަފްސީލް - އެ މުއްދަތު އިއްޔެއާ ހަމައަށް ހަމަވެފައިވާއިރު، ޗީފް ސްޕޯކްސްޕާސަން ހީނާ މިއަދު ވިދާޅުވީ އިއްޔެގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް ބަލާނެ ނިޒާމެއް ގާއިމް ކުރަން ކެބިނެޓުން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ނިޒާމަށް ވަރަށް އަވަހަށް އަމަލު ކުރަން ފަށާނެ،" ހީނާ ވިދާޅުވި އެވެ.
ގުޅުން ހުރި - ސިޔާސީ މުވައްޒަފުން މަދުކުރައްވާނެކަން އިއުލާނު ކުރައްވާ ރައީސް ކުރިން ވިދާޅުވީ އެ ނިންމުމާ އެކު ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ.
ގައުމުގެ މާލީ ހާލަތު ގޯސްވެ ސަރުކާރުން ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރަމުންދާ އިރު، ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ނުކުރާތީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
ވުޒާރާތަަކަށް ނަގަމުންދާ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމެއް ނެތި މި ސަރުކާރުން ގިނަ އަދަދެއްގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށް، އެކަމަށް ބޮޑު ހަރަދެއް ކުރަމުންދާކަމުގެ ޝަކުވާ އޮތީ އިދިކޮޅު ޕާޓީތަކާއި އާންމުންގެ މެދުގައި ވެސް ބޮޑުވެފަ އެވެ.
އެފަދަ ޝަކުވާތަކާ ގުޅިގެން ޖޫން މަހުގެ ތެރޭގައި ވެސް ރައީސް ވަނީ ސިޔާސީ މުވައްޒަފުން މަދުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، މިއީ އަމަލީ ސިފައެއްގައި އެ ފިޔަވަޅު އަޅާ ތަން ފެނުނު ފުރަތަމަ ފަހަރެވެ.
ކޮމެންޓް (5)
ހީހީ ހަލާކު
ލާޔަރ
ދާއޫދް އިބްރާހިމް
ބޮޓޭކޯ ފަލާހު
މިލިޔަންސް