ފަލަސްތީނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ޕީއެސްއެމުން އިންތިޒާމްކޮށްފައިވާ 'ފަލަސްތީނާ އެކު ދިވެހިން' ޓެލެތޯން ފެށުމަށް އެ ސްޓޭޝަންގައި 12 ޖޫން 2024ގައި ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ރައީސް އޮފީސް)
ހަރަދު ކުޑަކުރަން ސިޔާސީ މަގާމުތައް މަދުކޮށް، ހަފްލާތައް ހުއްޓާލާނަން: ރައީސް
ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކުގެ ސަބަބުން ދިރިއުޅުމަށް އުނދަގޫވުމުގެ ބިރު ހީވެފައި ވަނިކޮށް، ސިޔާސީ މަގާމުތައް މަދުކޮށް، ކުރިއަށް އޮތް މިނިވަން ދުވަހާއި އެފަދަ އެހެން ހަފްލާތައް ވެސް ނުބާއްވަން ރައީސް މުހައްމަދު މުއިއްޒު މިރޭ ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - ދައުލަތުގެ ހަރަދުތައް އަޅަން ގިނަ ފިވަޅުތަކެއް އަޅަން ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވީ މިރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ތަފްސީލް - ރައީސް ވިދާޅުވީ ސަރުކާރު ހިންގުމަށް ހިނގާ ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި އެ މަނިކުފާނު ފާހަގަކުރެއްވި ކަންކަމަކީ:
-
ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުން
-
އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން
"ކުރިއަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވައި ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާ ބެހޭ ފަރާތްތަކަށް އަންގާފައި،" ރައީސް ވިދާޅުވި އެވެ.
"މީގެ އިތުރަށް ވެސް ގިނަ ފިޔަވަޅުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ."
ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައި. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ. މީގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ…
— Dr Mohamed Muizzu (@MMuizzu) June 27, 2024
އެނގުން މުހިންމު - ރައީސް މިހެން ވިދާޅުވިއިރު، ދުނިޔޭގެ އެންމެ ބޮޑު އެއް ރޭޓިން އެޖެންސީ ކަމަށްވާ ފިޗުން ވަނީ ރާއްޖޭގެ ރޭޓިން މުރާޖައާކުރުމަށް ފަހު، 'ބީ މައިނަސް' އިން 'ސީސީސީ ޕްލަސް'އަށް އިއްޔެ ދަށްކޮށްފަ އެވެ. އެއީ:
-
ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑު ގައުމުތަކަށް ދޭ ރޭޓިންއެއް
ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި މައިގަނޑު ސަބަބުތަކަކީ:
-
ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ފައިސާ ހޯދުމަށް ހުރި ހުރަސްތައް އިތުރުވުން
-
ރާއްޖޭގެ ދަރަންޏާއި މާލީ ހާލަތު ނާޒުކުވަމުން ދިއުން
ސީސީސީ ޕްލަސް ރޭޓިންއާ އެކު ބޭރުން ފައިސާ ހޯދަން ރާއްޖޭން ވިއްކާ ބޮންޑުތަކުގެ އިންޓަރެސްޓް ރޭޓް ބޮޑުވެ، މިފަދަ ބޮންޑުތަކަށް އިންވެސްޓް ކުރަން މީހުންގެ ޝައުގުވެރިކަން ކުޑަވެގެން ދާނެ އެވެ.
އެއާ އެކު، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ގަންނަ ތަކެއްޗާއި ހޯދާ ހިދުމަތްތަކުން ނަގާ ޖީއެސްޓީ އާއި އިމްޕޯޓް ޑިއުޓީ މިހާރު ނަގާ އަދަދުތައް މުރާޖައާކުރަން ނުވަތަ ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
ކޮމެންޓް (1)
މަގުމަތިން