ހުޅުމާލެ ފޭސް 2އިން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރުމުގެ ތެރެއިން (ފޮޓޯ/ހައުސިން މިނިސްޓްރީ)
ހުޅުމާލެ ފޭސް ދޭކުން ގޯތި ދޫކޮށް ނިންމައިފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދިނުމަށް ހިންގި 'ބިންވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އިން ދޭން ކަނޑައަޅާފައިވާ ގޯތިތައް ދޫކޮށް މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މި އޮކްޓޯބަރު ނިމުމުގެ ކުރިން ހުޅުމާލެ ފޭސް2އިން ގޯތި ދޫކުރަން ޖެހޭ އެންމެންނަށް ގޯތި ދޫކޮށް ނިންމާނެ ކަމަށް މީގެ ކުރިން ހައުސިން މިނިސްޓަރު އަލީ ހައިދަރާއި ރައީސް މުހައްމަދު މުއިއްޒު ވެސް ވިދާޅުވެފައިވެ އެވެ.
ރައީސްގެ ވައުދާ އެއް ގޮތަށް ފޭސް 2 އިން ގޯތި ދޫކޮށް މިއަދު ނިމިފައިވާ ކަމަށް، ހައުސިން މިނިސްޓްރީން މިރޭ 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފަ އެވެ.
ރާއްޖޭގެ އެންެމެ އަގުބޮޑު ބިން ހިމެނޭ ހުޅުމާލެ ފޭސް 2 އިން މާލޭ މީހުންނަށް ޖުމްލަ 1،407 ގޯތި ހިލޭ ވަނީ ދޫކޮށްފަ އެވެ.
ބުނީ ކީކޭ؟ - ހައިދަރު ކުރިން ވިދާޅުވެފައިވަނީ މިދިޔަ ސަރުކާރުން ފޭސް 2 އިން ގޯތި ދީފައި ހުރީ މަސައްކަތްކުރާ ތަންތަނުންނާއި ބައެއް މަގުތަކުންނާއި ގޯޅިތަކުން ކަމަށެވެ. ބައެއް ގޯތިތައް ހުރީ ކަރަންޓު ފޮށިތައް ވެސް ގޯތިތެރެއަށްވާ ގޮތަށް ކަމަށް ވިދާޅުވި އެވެ.
ގޯތިތައް ދޫކުރަމުން ދިޔައީ އެ މައްސަލަ ހައްލުކުރަމުން ކަމަށް ހައިދަރު ވިދާޅުވެފައިވެ އެވެ.
ކޮމެންޓް (6)
ނަފްސާނީ
ދާދި
ސުން
އަބޫބެ
ޙެހެހެ
ހަހަހަ