ހޯކްސް ފިއުލްސް ޓާމިނަލް: އެ ކުންފުނީގެ ބޯޓަކުން އެތެރެކުރަން އުޅުނު 2000 ސިގިރޭޓް ކާޓޫނު ކަސްޓަމްސްއިންވަނީ ހިފަހައްޓާފަ (ފޮޓޯ/ހޯކްސް)

ދަ ހޯކްސް

ހޯކްސްގެ ބޯޓަކުން 2،000 ކާޓޫނުގެ ސިނގިރޭޓް ހިފަހައްޓައިފި

2،000 ކާޓޫނަކީ 400،000 ސިނގިރޭޓް؛ މިހާރުގެ ރޭޓަށް ބަލާ ނަމަ މިއީ 1.2 މިލިއަން ރުފިޔާގެ ޓެކްސް އަދި އަންނަ މަހުން ފެށިގެން ބޮޑުކުރާ ރޭޓުން ބަލާ ނަމަ މިއީ 3.2 މިލިއަން ރުފިޔާގެ ޓެކްސް
27 އޮކްޓޯބަރު 2024
34

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރާ ހޯކްސްގެ ބޯޓަކުން ރާއްޖެ އެތެރެކުރަން އުޅުނު 2،000 ކާޓޫނުގެ ސިނގިރޭޓް ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.

ވީ ކިހިނެއް؟ - ހޯކްސްގެ ބޯޓަކުން ރާއްޖެ އެތެރެކުރަން އުޅުނު ސިނގިރޭޓްތަކެއް ކަސްޓަމްސް އިން ހިފަހައްޓާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ.

ތަފްސީލް - އެކަން 'ދައުރު'އަށް ކަށަވަރުކޮށްދެއްވައި ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވީ ކަސްޓަމްސް އިން އަދިވެސް އެ އޮޕަރޭޝަން ކުރިއަށް ގެންދާތީ ހިފަހައްޓާފައިވަނީ ކިހާ އަދަދެއްގެ ސިނގިރޭޓެއް ކަމެއް އަދި ސާފު ނުވާ ކަމަށެވެ.

ނަމަވެސް، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ކަސްޓަމްސް އިން ވަނީ އެ ބޯޓުން 2،000 ކާޓޫނުގެ ސިނގިރޭޓް ހިފަހައްޓާފަ އެވެ. އެ ތަކެތި ޑިކްލެއާކޮށްފައިވަނީ ޓިޝޫގެ ގޮތުގައިކަން ވެސް ވަނީ އެނގިފަ އެވެ.

އެނގުން މުހިންމު - 2،000 ކާޓޫނަކީ 400،000 ސިނގިރޭޓެވެ. އެގޮތުން:

  • މިހާރުގެ ރޭޓަށް ބަލާ ނަމަ، މިއީ 1.2 މިލިއަން ރުފިޔާގެ ޓެކްސް

  • ސަރުކާރުން އަންނަ މަހުން ފެށިގެން ބޮޑުކުރާ ރޭޓުން ބަލާ ނަމަ، މިއީ 3.2 މިލިއަން ރުފިޔާގެ ޓެކްސް

ގުުޅުން ހުރި - ސިނގިރެޓާއި ބިޑިން ނަގާ ޓެކްސް ބޮޑުކޮށް، އެ ތަކެތިން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. އެ ބިލު މިހާރު އޮތީ ކޮމެޓީ މަރުހަލާގަ އެވެ. އެ ބިލު މި ހަފްތާގެ ތެރޭގައި ފާސްކުރަން މަޖިލީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ ބިލުގައިވާ ގޮތުން:

  • ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް އަންނަ މަހުން ފެށިގެން ބޮޑުކުރުން

  • ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓު ޑިއުޓީގެ ސްޕެސިފިކް ރޭޓު 3ރ. އިން 8ރ.އަށް މަތިކުރުން؛ މިއާ އެކު ކޮންމެ ސިނގިރޭޓަކުން 5ރ. ބޮޑުވާނެ

  • މި ބަދަލާ އެކު މިހާރު ސިނގިރޭޓު ފޮއްޓެއް ގަންނަން ލިބޭ އަގަށް ވުރެ 100ރ. ބޮޑުވާނެ؛ މިހާރު ފޮއްޓެއް ވިއްކަނީ 100ރ.އަށް ވުރެ ބޮޑު އަގެއްގައި

  • ސިނގިރޭޓާއި މުދަލުން ނަގާ އެޑްވަލޮރަމް ރޭޓު %50 އިން %100އަށް މަތިކުރުން

ކޮމެންޓް (34)

ނޯރައްދު.

28 އޮކްޓޯބަރު 2024
ކާކުތަ ހޭބޯނާރާ ކޮމެންޓުތަކަށް ރައްދު މިދެނީ. ހީވަނީ މިކަންކުރާ މީހަކީ ތޯއްޗެ. ހަޖަމް ޕްލީޒް
5 2

ީއިޓްސް މީ

28 އޮކްޓޯބަރު 2024
@ނޯރައްދު. ކުޑައިރު މަންމަ ނުބުނޭތަ ނުބޭހޭކަންތަކަށް ނުބޭނޭޝޭ؟ ޓްސްކް ޓްސްކް
0 1

ހޭބޯ

28 އޮކްޓޯބަރު 2024
@ނޯރައްދު. ހަމަ ތިވެސް ބަލަން ރިޕޯޓުކުރަމާ؟
0 0

ޜައްދު

28 އޮކްޓޯބަރު 2024
@ނޯރައްދު. ކުރާނަަން. ހަޖަމް
0 0

ސަލީމު

28 އޮކްޓޯބަރު 2024
ވަގަކަށް ހާސްދުވަސް، ވެރިޔަކަށް އެއްދުވަސް
2 1

ރޯލްސްރޯއިސް

28 އޮކްޓޯބަރު 2024
ބޯޓު ބޭރުން އަންނަ ކޮންމެ ބުރަކު އެތެރެކުރާ ވަގުއެތިކޮޅުން އަގުބޮޑު ކާރެއް
6 1

ޙަހަ

28 އޮކްޓޯބަރު 2024
@ރޯލްސްރޯއިސް ވަރަށް ބޮޑަށް އިނގިފަ ތިއޮތީ
1 2

ރޯލްސްރޯއިސް

28 އޮކްޓޯބަރު 2024
@ޙަހަ ޔޭ ބްރޯ. އަހަރުންނަށް އިނގެޔޭ
0 0

ރޯލްސްރާއިސް

28 އޮކްޓޯބަރު 2024
@ރޯލްސްރޯއިސް އިނގިގެން ވަކި ފައިދާއެއްވި؟ ޙަހަހަ. އަދިވެސް ފޫނެތް ފަޔަށް ފެންފުރާ
0 0

ހޫލިގަން

28 އޮކްޓޯބަރު 2024
ތެޔޮ ވިއްކާއިރުވެސް މަކަރު ހަދާވާހަކަ އަބަދު އިވެނީ. މިހާރު ސްމަގުލް ކުރަނީ. ހޯކްސް މީހުން މުއްސަނދިވާގޮތް ވަރަށް ސާފު މިހާރު
5 0

ޙައި ހައި

28 އޮކްޓޯބަރު 2024
@ހޫލިގަން އަނެއްކާ ތެޔޮ ކޮޅެއް ނުލިބުނީމަ ދެރަވީތަ ؟
0 0

ހޫލިގަން

28 އޮކްޓޯބަރު 2024
@ޙައި ހައި ކައެމެންގެ ގަޑުބަޑު ކޮށްފަ ހުންނަ ތެލެއް ބޭނުމެއްނޫން
0 1

ޙަހަ

28 އޮކްޓޯބަރު 2024
@ހޫލިގަން ހަޖަމް ޕްލީސް. ނުލިބުނީމަ ތިހެން ވާނެ
0 0

ޢަލީ

30 އޮކްޓޯބަރު 2024
@ޙައި ހައި ތިލަފުށީގައި އުޅޭ ބޭރު ބިދޭސިން ލައްވައި މެންޗެސްޓަރް ނަމަކަށް ކިޔާ ސިގިރޭޓް ފުޅާދާއިރާއެއްގައި ވިއްކާ. މީ ސީދާ ކުންފުނީ ގެ ވެރިން ކުރާކަމެއް. މިކަމުން ސަލާމަތްވާން ވަކި މުވައްޒަފުންނޭ ގޮހޮލޭ ކަޅުބިލަމަހޭ ނުކިޔާ.
0 0

ބެއްޔާ

28 އޮކްޓޯބަރު 2024
ވަގަށްމުދާގެނެސްގެންދޯ ތިމީހުންތިމުއްސަދިވަނީ
5 1

ބެއްލާ

28 އޮކްޓޯބަރު 2024
@ބެއްޔާ ތިބުނާހެން ކަމުގަ ވާނަމަ ތެޔޮވެސް ވަގަށްތާ ގެންނާނީ؟ ތި ދެއްކޭ ވާހާކަ ރަނގަޅެއް ނޫން. އަލުން ޗެކުކޮށްލާފަ ލިޔެބަލަ.
1 4

ފޭކް

27 އޮކްޓޯބަރު 2024
ދުވަހަކުވެސް ނާހަން ހޯކްސްއިން ސިނގިރޭޓް އެތެރެ ކުރާ ހަބަރެއް. އެއި ތެޔޮ ވިއްކާ ބައެއް.. މީގަ އެބައުޅޭ ކޮންމެވެސް އެހެން ކަމެށް.. ތިމީހުނަށް ނޭނގޭތީވެ ހަމަ ބުނެލީ.
7 2

ޖޯކު

27 އޮކްޓޯބަރު 2024
ދައުރުގަ ޖަހާނީ ކަންކަމުގެ ދެކޮޅު ނުބަލަ.. ނޯވަން ބިލީވްސް ދައުރު އެނީވޭ.. ލޮލް
6 11

ައަސްލުވެސް

28 އޮކްޓޯބަރު 2024
@ޖޯކު މިސާލަކަށް ކުންފުނީގެ ބަޔާނެއް ނުނެގީ ކީއްވެ؟ އެހެންވެ މިބުނަނީ ޖާނަލިޒަމް ފުރިހަމައެއް ނޫނޭ. އެއްކޮޅުން މައްސަލައިގެ ހަގީގަތެއް ނޭނގޭނެ.
4 4

ހަސަންދީ

28 އޮކްޓޯބަރު 2024
@ޖޯކު އެތެރެކުރީ ހޯކްސް ބޯޓުގަ، ބޭލީ ހޯކްސް ދޯނީގަ، ބާލައިގެންގޮސް އެރުވީ ހޯކްސް ލޯރިއަށް، ބެހެއްޓީ ހޯކްސް ގުދަނުގަ. ދެން އިތުރަށް ސާފުކުރަންޖެހޭ ކަމެއް އޮންނާނެބާ. އަދިވެސް ތިއުޅެނީ ނިކަމެއްޗެއްގެ ބޮލަށް ކަނޑާލާފަ ސަލާމަތްވާން. ކާކު ގަބޫލުކުރާނީ ކައްޕިއަށް އެތައް މިލިއަނުގެ މުދާ ގަނެގެން ގެނެވޭނެ.
7 3

ސަކީނަ

28 އޮކްޓޯބަރު 2024
@ހަސަންދީ އަކަށް ނޭނގޭތަ ތިޔަ ބޮޑެތި ބޯޓުފަހަރު ދުއްވާ މީހުންގެ މުސާރަ؟ ހިޔެއްނުވޭ އިނގޭހެނެއް. އެހެންވެ އަސްލު ކޮންމެ މީހަކަށް ކައްޕި އަކަށް ނުވެވެނީ. ފުރަތަމަ އޭނާ ހޯދާފަ އަހާފަ ދެން ލިޔެބަލަ
2 2

ލޮލް

27 އޮކްޓޯބަރު 2024
ގޯލްޑް 100 ހަހަހަހަ
5 4

ބެސްޓީ

27 އޮކްޓޯބަރު 2024
@ލޮލް ސްޓިލް ގޮނަބީ ގޯލްޑް . ދެން ލަލަލަލަލަލަ
6 2

ދުސް

27 އޮކްޓޯބަރު 2024
އުމްރާއަށް ދާމީހުންގެ ކުށެއް ނެތްތާ. އެކަމަކު މިކަހަލަ ބިޔަ ކުންފުނިން މިލަހަލަ ކަމެއް ފެށީމަ އެބަ އެގޭތާ ށް ތަކެތި އެބަ އެތެރެކުރާކަން.
6 5

ހޯކްސްހޯގުޅާ

27 އޮކްޓޯބަރު 2024
ވިޔަފާރިކޮށްގެން އެންމެ ނުވަ އަހަރު ތެރޭ ބިލިއަނަރުންނަށް ވި ބައެއް މި ނޫނީ ނޫޅެ. ބިރެއްވެސް ނުގަނޭ މި މީހުން ދެން އޮތް ދުނިޔެއަށް.
9 7

މާކަނާ

27 އޮކްޓޯބަރު 2024
@ހޯކްސްހޯގުޅާ ކޮމެންޓު ނުކޮށް ވިޔަފާރިއެށް ފަށަން އުޅެބަލަ.. މޭބީ ވަން ޑޭ ބިލިއަނާރ އަކަށް ވެވުދާނެ.. އިންށާﷲ..
5 4

ގައްދަޑޭ

27 އޮކްޓޯބަރު 2024
ގާނޫނާއި ގަވާއިދު ތަންފީޒު ނުކުރެވޭ ތަންތާގައި ޓެކްސްއާއި ޑިއުޓީ ބޮޑުކުރީމާ ބްލެކްމާކެޓް އުފެދި، އަންޑަރގްރައުންޑް ވިޔަފާރިތައް ގިނަވަމުންދާނެ އަގުބޮޑެތި ކާރާއި، ބިޒިނަސްކްލާހުން މުޅިއާއިލާ ދަތުރުކުރަން ފައިސާ ހޯދާގޮތް ފަޅާއަރަމުން މިދަނީ
8 4

ޞައްޙަ

27 އޮކްޓޯބަރު 2024
@ގައްދަޑޭ ހަމަ ސިނގިރޭޓް ކޮޅެއް ވިއްކައިގެން މުޅި އާއިލާއަށް ބިޒްނެސް ކޫލާހުގަ ދެވޭނެ؟ ހަމަޖެހޭ ވާހަކަ ދައްކަބަލަ..
6 7

ކްލާސް

28 އޮކްޓޯބަރު 2024
@ގައްދަޑޭ މަށަށް ފެންނަނީ ޔޫ ސިނގިރޭޓް ވިއްކަން ފަށަން ބިޒްނަސް ކްލާހުގަ ދަތުރެއްކޮށްލެވޭތޯ. ކަމޯން ޔޫ ކެން ޑޫ އިޓް.
1 2

ހަބަރޭ

27 އޮކްޓޯބަރު 2024
އަދިވެސް ތިލާރިން މީހުން ހައްޖަށް، އުމްރާއަށް، ފޮނުވާފަ ބަހައްޓާ. ދެން ކަމަދޫ މީހުނަށް ހޯކްސް ވަރެއް ނޯންނާނެ
13 6

ބަހަބަރު

27 އޮކްޓޯބަރު 2024
@ހަބަރޭ މިއީ ކަލޭމެން ކަހަލަ ޖެލަސްވާމީހުން ލިޔާކަހަލަ ތޯތޯ ހަބަރު.. ރަނގަޅަށް ވެގެން އުޅޭގޮތް އޮޅުންފިލުވަބަލަ. ކަމަދޫ މީހަކަށް ނުވީމަ ދެރަވީދޯ 😂
7 7

މީހުން

28 އޮކްޓޯބަރު 2024
@ހަބަރޭ ކަމަދޫ މީހުންނަށް އެނގޭ ހޯކްސް އަކީ ކޮންބައެއްކަން. ކަލޭމެންނަށް އެމީހުން ނޭންގޭތީ ހަގީގަތް ނުބަލާ ތި ވާހަކަ ދައްކަނީ.
1 0

ހަބަރޭ

28 އޮކްޓޯބަރު 2024
@މީހުން ތިޖޫރި ފަޅާލި ވާހަކަތަ ތި ބުނީ؟
0 0

ބަހަބަރޭ

28 އޮކްޓޯބަރު 2024
@ހަބަރޭ ކޮންތިޖޫރީއެކޭ ތިކިޔަނީ. ރޯ ބުހުތާނު ދޮގު. މަ ހުވައި ބިއްލާހި…
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް