ހިޔާވެހި ފައިނޭންސިން ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ބީއެމްއެލް އާއި އެކު އެމްއޯޔޫގައި ސޮއި ކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ގެދޮރު އަޅަން %5 އިންޓްރެސްޓުގައި ދޭ ލޯނަށް އަންނަ ހަފްތާ ހުޅުވާލަނީ
ކުޑަ އިންޓްރެސްޓު ރޭޓެއްގައި ބޯހިޔާވަހިކަމަށް ދޫކުރާ 'ހިޔާވެހި' ލޯނު ސްކީމުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު އަންނަ ހަފްތާ ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކުޑަ އިންޓްރެސްޓު ރޭޓެއްގައި ބޯހިޔާވަހިކަމަށް ދޫކުރާ ލޯނު ސްކީމުގައި ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިވެރިވެ، އެމްއޯޔޫގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.
ތަފްސީލް - މިއީ ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ދޫކުރާ ލޯނެކެވެ.
މި ލޯނުގެ ދަށުން ތިން ކެޓަގަރީއަކުން ލޯނު ދޭނެ އެވެ. އެއީ:
-
ރަށްރަށުގައި ގެދޮރު އަޅަން 1 މިލިއަން ރުފިޔާއާ ހަމައަށް
-
އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ގެދޮރު އަޅަން 4 މިލިއަން ރުފިޔާއާ ހަމައަށް
-
މާލެ ސަރަހައްދުގައި ގެދޮރު އަޅަން 6 މިލިއަން ރުފިޔާއާ ހަމައަށް
މި ލޯނު ދޫކުރާނީ %5 އިންޓްރެސްޓުގަ އެވެ. ލޯނު އަނބުރާ ދައްކަން 25 އަހަރު ލިބޭނެ އެވެ.
ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާނީ ކޮންއިރަކުތޯ 'ދައުރު'ން ސުވާލު ކުރުމުން ހައިދަރު ވިދާޅުވީ އަންނަ ހަފްތާ އެޕްލިކޭޝަނަށް ހުޅުވާލާނެ ކަމަށެވެ.
-
މި ސްކީމުގެ ދަށުން އަލަށް ގެ އަޅަން އަދި އިމާރާތް ކުރަން ފަށާފައި ހުންނަ ގެދޮރު ނިންމުމަށް ވެސް ލޯނު ދޭނެ
-
ލޯނު ދޭނީ އަލަށް ގެ އަޅާ މީހުންނަށް
ގުޅުން ހުރި - މި ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް އެޗްޑީއެފްސީ އަދި އެމްއައިބީއާ އެކު ވެސް މީގެ ކުރިން ވަނީ އެމްއޯޔޫގައި ސޮއިކޮށްފަ އެވެ.
ކޮމެންޓް (2)
ދާއޫދު
ައަބުލޯ