ދުވަސްވީ މީހެއްގެ ކޭޝް ކާޑުން ފައިސާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން - (ފޮޓޯ/ފުލުހުން)
ދުވަސްވީ މީހެއްގެ ކާޑުން 25،000ރ. ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި
ދުވަސްވީ މީހެއްގެ ކޭޝްކާޑު ވަގަށް ނެގުމަށް ފަހު، އެ ކާޑުން 25،000ރ. ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ވީކިހިނެއް؟ - ގއ. ވިލިނގިލީގެ ދުވަސްވީ އަންހެނެއްގެ ކޭޝްކާޑުން މާމެންދޫ ބީއެމްއެލް އޭޓީއެމުން ފައިސާ ނަގާފައިވާ މައްސަލައެއް ރޭ ފުލުހަށް ރިޕޯޓުކުރި އެވެ.
ތަފްސީލް - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނާ ގޮތުން އެ މައްސަލާގައި ހައްޔަރުކުރީ:
-
މުހައްމަދު ޝައިން ޝަމީޒު، ގއ.ވިލިނގިލި/ލައިފް (22އ.)
-
ހަމްދޫން ހަލީލު، ލ.ގަން ތުނޑި/ނޯތުހެވަން (24އ.)
ކޭޝް ކާޑު ވަގަށް ނެގި ކަމަށް ތުހުމަތުވާ މީހުން ހައްޔަރު ކުރީ މާމެންދޫން ވިލިނގިއްޔަށް ދަނިކޮށް ކަނޑުމަތިން ކަމަށް ފުލުހުން ބުންޏެވެ.
އަދި އެ މީހުން ތިބި ލޯންޗު ބަލައި ފާސްކުރުމުން، ވަގަށް ނެގި ކަމަށް ބުނާ 25،000ރ.ގެ ތެރެއިން 23،000ރ. ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް