ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވެސް މުސާރައިގެ %50 ނުނަންގަވަން ނިންމަވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް މުސާރައިގެ ދެބައިކުޅަ އެއްބައި ނުނަންގަވަން މިރޭ ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - އަންނަ އަހަރުގެ ބަޖެޓް ރައްޔިތުން މަޖިލީހަށް ހުށަހަޅުއްވާއިރު ދައުލަތުގެ ހަރަދު ކުޑަކުރަން އަޅުއްވާ ފިޔަވަޅުތައް ރައީސް މިއަދު އިއުލާން ކުރެއްވި އިރު އެ މަނިކުފާނު ވަނީ އަމިއްލަފުޅު މުސާރައިން %50 ނުނަގަވާނެކަން އިއުލާން ކުރައްވައިފަ އެވެ.
ދާދި ދެންމެއަކު އަބްދުއްރަހީމް ވެސް އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ އަމިއްލަފުޅު މުސާރައި އިން ވެސް %50 ނުނަންގަވާނެ ކަމަށެވެ.
ބުނީ ކީކޭ؟ - އެގޮތަށް ނިންމެވީ ދައުލަތުގެ އިގްސާދީ ހާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސް މުއިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެތެރޭގައި ހިމެނޭ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން %10 ކުޑަ ކުރެއްވުމަށް ނިންމެވި ނިއްމެވުމަށް އެއްބާރުލުން ދިނުމުގެގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ދައުލަތުގެ އިގްޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެތެރޭގައި ހިމެނޭ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން %10 ކުޑަ ކުރެއްވުމަށް ނިންމެވި ނިއްމެވުމަށް އެއްބާރުލުން…
— Abdul Raheem Abdulla (@Banafsaa) October 23, 2024
ފާހަގަކޮށްލެވޭ -
މަޖިލީހުގެ ރައީސްގެ މުސާރައިގެ ގޮތުގައި:
-
މަހަކު 73،125ރ. މިހާރު ލިބިވަޑައިގަންނަވާ
-
އަބްދުއްރަހީމްގެ މި ނިންމެވުމާ އެކު ދެން އެމަނިކުފާނަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާނީ 36،562ރ.
އަންނަ އަހަރުގެ ބަޖެޓް ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު މިރޭ ވަނީ އިއުލާން ކުރައްވައިފަ އެވެ.
އެ ފިޔަވަޅުތަކަކީ:
-
ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުން
-
ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން
-
ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000ރ ކަމަށް ކަނޑައެޅުން
-
ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން
-
ރައީސްގެ އަމިއްލަފުޅު މުސާރައިގެ %50 ނުނަގާ ގޮތަށް ހަމަޖެއްސުން
ކޮމެންޓް (1)
ނަޝީދު