ރައީސް މުއިއްޒު ކެބިނެޓް ބައްދަލުވުމަކަށް ވަޑައިގަންނަވަނީ: އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ މިނިވަން ދުވަހުގެ ހާއްސަ ހަފްލާގައި ރައީސް ގައުމާ މުހާތަބު ކުރައްވާނެ (ފޮޓޯ/ރައީސް އޮފިސް)
ރައީސްގެ މުސާރައިން %50 އުނިކުރަން ނިންމަވައިފި
ރައީސްއަށް މިހާރު ލިބިވަޑައިގަންނަވާ މުސާރައިން ދެބައިކުޅަ އެއްބައި ނުނަންގަވާ ގޮތަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ނިންމަވައި އެކަން އިއުލާން ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އަންނަ އަހަރުގެ ބަޖެޓް ރައްޔިތުން މަޖިލީހަށް ހުށަހަޅުއްވާއިރު ދައުލަތުގެ ހަރަދު ކުޑަކުރަން އަޅުއްވާ ފިޔަވަޅުތައް ރައީސް މިއަދު އިއުލާން ކުރެއްވި އިރު އެ މަނިކުފާނު ވަނީ އަމިއްލަފުޅު މުސާރައިން %50 ނުނަގަވާނެކަން ވެސް އިއުލާން ކުރައްވައިފަ އެވެ.
"އަޅުގަނޑުގެ މުސާރައިގެ %50 ނުނަގާ ގޮތަށް ހަމަޖައްސަން ދެންނެވުން،" އަޅާނޭ ފިޔަވަޅުތައް އިއުލާން ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވެފައިވެ އެވެ.
ފާހަގަކޮށްލެވޭ - ރައީސްގެ މުސާރައިގެ ގޮތުގައި:
-
މަހަކު 100،000ރ. މިހާރު ލިބިވަޑައިގަންނަވާ
-
ރައީސް މުއިއްޒުގެ ނިންމެވުމާ އެކު ދެން އެމަނިކުފާނަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާނީ 50،000ރ.
ގުޅުންހުރި - ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމުގެ ގޮތުން އަޅަން ރައީސް މިއަދު އިއުލާން ކުރެއްވި ފިޔަވަޅުތަކަކީ:
-
ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުން
-
ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން
-
ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000ރ. ކަމަށް ކަނޑައެޅުން
-
ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން
-
މިިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުން
އެ ފިޔަވަޅުތައް އަޅާއިރު 12،000ރ. އިން ފެށިގެން ދަށުގެ މުސާރަތައް ލިބޭ ފަރާތްތަކުގެ މުސާރައަށް އެއްވެސް ބަދަލެއް ނުގެނައުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެ ފިޔަވަޅުތައް ރައީސް އަޅުއްވަނީ އަންނަ އަހރުން ފެށިގެން 2 އަހަރު ދުވަހަށެވެ.
ކޮމެންޓް (2)
ކިނާރީ
ސިޔާމް