ހުޅުމާލޭގައި ހިންގި މާރާމާރީއަކަށް ފަހު ފުލުހުން އެ ސަރަހައްދު ބަންދުކޮށްގެން ފާރައަށް (ދައުރު ފޮޓޯ)

ގޭންގު ކުށްތައް

ގޭންގު ބިލު މަޖިލީހުގެ މި ދައުރުގެ ތެރޭގައި ފާސްކުރަން މަސައްކަތް ކުރަނީ

މިނިސްޓަރު އިހުސާން ވިދާޅުވީ މަޖިލީހުގެ މި ދައުރުގެ ތެރޭގައި އޭޖީ އޮފީހުން އެ ބިލު ހުށަހަޅައި ގާނޫނަކަށް ފާސްކުރެވޭ ވަރަށް އެ އޮފީހުން މަސައްކަތް ކުރަމުން އަންނަ ކަމަށް
3 ގަޑިއިރު ކުރިން

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގަމުންދާ ގޭންގު ކުށްތައް ހުއްޓުވުމަށް، ގޭންގުތަކުގެ ބާރު ކެނޑޭ ގޮތަށް އެކުލަވާލައި އެޓާނީ ޖެނެރަލްގެ (އޭޖީ) އޮފީހަށް ފޮނުވާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި މަޖިލީހަށް ފޮނުވައި މަޖިލީހުން އެ ބިލު ފާސްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ހޯމްލޭންޑް މިނިސްްޓްރީން އެކުލަވާލި މި ބިލް ފުލުހުންނާ ގުޅިގެން އޭޖީ އޮފީހަށް ފޮނުވާފައިވަނީ މިިދިޔަ އޮގަސްޓުމަހުގެ ތެރޭގަ އެވެ.

ތަފްސީލް - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އިހުސާން ވިދާޅުވީ މަޖިލީހުގެ މި ދައުރުގެ ތެރޭގައި އޭޖީ އިން މަޖިލީހަށް އެ ބިލު ހުށަހަޅައި ގާނޫނަކަށް ފާސްކުރެވޭ ވަރަށް އެ އޮފީހުން މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް އިހުސާނު ނުދެއްވަ އެވެ.

އެނގުން މުހިންމު - 'ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު'ގެ ނަމުގައި ޑްރާފްޓްކޮށްފައިވާ މި ބިލުގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ. ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑުތަކާއި އެފަދަ ގުރޫޕުތަކުން ކުރާ ކުށްތަކުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގާނެ ގޮތާއި ގޭންގު ކުށްތަކުގެ އަދަބު ފަދަ ގިނަ ކަންތައްތަކެއް އޭގެ ތެރޭގައި ހިމެނެ އެވެ.

މި ބިލްގައިވާ އެންމެ މުހިއްމު އެއް މާއްދާއަކީ ގޭންގު މެމްބަރެއް ކަމަށް ކަނޑައެޅޭ މީހުންނަށް ދައުލަތުގެ ވަޒީފާ ނުދިނުމާއި އިންތިހާބީ މަގާމުތަކުން ވަކިކުރުމާއި މަގާމުތަަކަށް ކުރިމަތިނުލެވުމެވެ.

މި ބިލްގައި ވަނީ ގޭންގެއް ނުވަތަ ގޭންގު މެމްބަރެއް ނުވަތަ ގޭންގު ލީޑަރެއްގެ ގޮތުގައި ކަނޑައަޅާނެ ސިފަތައް ވެސް ހިމަނާފަ އެވެ. ގޭންގެއްގެ ގޮތުގައި ކަނޑައަޅަނީ، މި ބިލުގައިވާ ގޮތުން، ވަކި ކުލަބަކަށް ނުވަތަ ޖަމިއްޔާ/ޖަމާއަތަަކަށް ނުވަތަ ވަކި ސަރަހައްދެއްގައި ދިރިއުޅޭ ނޫނީ ގިނަ ވަގުތު ހޭދަކުރާ ބަޔަކު ކުރި އަމަލެއްކަން ދެއްކުމުގެ ގޮތުން ހަރަކާތްތެރިވާ ގްރޫޕުތަކެވެ.  

އެކަަކަށް ވުރެ ގިނަ މީހުން ނިސްބަތްވާ ވަކި ޖަމިއްޔާއެއް ނުވަތަ ގުރޫޕެއްގެ ތެރޭގައި ހިމެނޭ މީހުންނަކީ ޖިނާއީ ކުށުގެ ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައިވާ ކަމުގެ ރެކޯޑު، ނުވަތަ ކަމާ ގުޅޭ ރިޕޯޓެއް އޮންނަ ބައެއް ނަމަ އެއީ ގޭންގެއް ކަމަށް ކަނޑައެޅޭނެ ކަމަށް ވެސް ބިލުގައި އޮވެ އެވެ. އޭގެ އިތުރުން:

  • ވަކި ރަށެއްގެ ވަކި މަގުތަކާއި ގޯޅިތަކަކީ ނުވަތަ ޕާކު ފަދަ ތަންތަނަކީ އެ ބައެއްގެ ސަރަހައްދުގެ ގޮތުގައި ބެލެވޭނެ ފަދަ ނިޝާންތަކާއި ގްރެފިޓީ ނުވަތަ ވަކި ނަމެއް ލިޔެ/ކުރަހައި އެ ސަރަހައްދުގައި ގިނަ ވަގުތު ހޭދަކޮށް، އެއީ އެ ސަރަހައްދަށް ނިސްބަތްވާ ބައެއްކަން، ބަލާބެލުމަށް ސިފަވާ ގޮތަށް އުޅުން ވެސް ހިމެނޭ

މި ބިލުގައި، ގޭންގުތައް ހުއްޓުވުމަށް ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް