13 އޮކްޓޯބަރު 2024: މާފަންނު ޕޮލިސް ސްޓޭޝަން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ފުލުހުން

ވިފާގުގެ މަރުގެ މައްސަލައިގެ ހާދިސާ ރިޕޯޓު ކަމަށް ބުނެ ދައުރުކުރަނީ ސައްހަ ނޫން ރިޕޯޓެއް: ޕުލުހުން

ވިފާުގެ މަރުގެ މައްސަލައިގެ ހާދިސާ ރިޕޯޓުގެ ގޮތުގައި ސައްހަ ނޫން ރިޕޯޓެއް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުން
18 އޮކްޓޯބަރު 2024

މާލޭގެ 10 ބުރީގެ އިމާރާތަކުން މިދިޔަ އޮގަސްޓު މަހު ވެއްޓި މަރުވި ޒުވާން އަންހެން މީހާގެ މަރުގެ ހާދިސާ ރިޕޯޓުގެ ނަމުގައި ސޯޝަލްމީޑިއާގައި ފަތުރަމުން ދަނީ ސައްހަ ރިޕޯޓެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނީ ކަސްޓަމްސްގެ ހެޑް އޮފީސް ހުންނަ މ. ހަސޯވާ އިމާރާތުން ވެއްޓި މަރުވި ވިފާގް އިބްރާހިމް އަދުނާނު، ބީޗުވިލާ/ގއ. މާމެންދޫގެ މަރުގެ ހާދިސާގެ ރިޕޯޓުގެ ގޮތުގައި ސޯޝަލް މީޑިއާގައި ރިޕޯޓެއް ދައުރުކުރަމުންދާ ކަމަށެވެ.

ތަފްސީލް - ފުލުހުން ވަނީ ރޭގައި އެކަން ދޮގުކޮށްފަ އެވެ.

އެނގުން މުހިންމު - ވިފާގުގެ މަރާ ގުޅޭ ގޮތުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ފުލުހުން ވަނީ މިދިޔަ ހަފްތާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ވިފާގަކީ 2016 ވަނަ އަހަރުން ފެށިގެން ނަފުސާނީ ބައްޔަށް ފަރުވާ ކުރަމުން އައި މީހެއް ކަމަށާއި އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި ވިފާގަކީ އެއްވެސް އިރެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ މީހެއް ނޫންކަން އޭނާގެ މެޑިކޯ ލީގަލް ރިޕޯޓުން ކަށަވަރުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން:

  • ޕާސަނާލިޓީ ޑިސްއޯޑާގެ ބޯޑާލައިން ޓައިޕަށް ވިފާގު ޑަޔަގްނޯސްކޮށްފައިވޭ

  • އިނގިރޭސިވިލާތުގައި ދިރިއުޅުނު އިރު ވެސް ފަރުވާ ހޯދައި ތެރަޕީ ސެޝަންތަކެއް ނެގި

  • އަނބުރާ ރާއްޖެ ގެނައީ މަންމައަށް ވީޑިއޯ ކޯލުކޮށް ދެއްކި މަންޒަރުތަކުން ކަންބޮޑުވެ، ފުލުހެއް ކަމަށްވާ އޭނާގެ ބައްޕަ ގާތުގައި މަންމަ އެދިގެން ބައްޕަ ގޮސްގެން

  • ހުޅުމާލެ ހޮސްޕިޓަލުން ވެސް ފަރުވާ ހޯދައި ތެރަޕީ ނަގާފައިވޭ

  • ފުލުހުން ސީންއަށް ދިޔަ އިރު، އޭނާގެ މޭޒުން ވެސް ނަފުސާނީ ބައްޔަށް ފަރުވާ ހޯދާ ބޭސްތައް ފެނިފައިވޭ

"ވިފާގު ނިޔާވުމުން ވަޅުލުމަށް އާއިލާއާ ހަވާލުކުރުމުގެ ކުރިން އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ އިތުރުން ފޮރެންސިކް ޓީމުގެ ފަރާތުން ހަށިގަނޑުގެ ޓެސްޓުތައް ހަދާފައިވާނެ. ވިފާގު ނިޔާވި އިރު އޭނާ ވަނީ ބިކުރުވެރި ހާލަތެއްގައިކަން ވިފާގުގެ މެޑިކޯ ރިޕޯޓުން އެނގެން އޮތުމުން އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެއް ނޫންކަން ކަށަވަރު،" ޝިފާއު ވިދާޅުވި އެވެ.

ވިފާގު މަރުވިއިރު ދިރިއެޅުމުން ދިޔައީ އޭނާގެ މަންމަ އާއި ދޮން ބައްޕަ ކައިރީގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް