10 ޖުލައި 2021ގައި މުރައިދޫ ބިލނޑިންގް ކުރިމަތި. އެގޭގައި މަސައްކަޔްކުރާ މުވައްޒަފުންނާ ބެހޭ މައުލޫމާތު ހާމަނުކުރަން މިއަދުގެ 241 ކޮމެޓީން ނިންމުމުން ރައިސްވަނީ ނިންމުން ބަދަލުކުރަން އަންގަވާފަ

މުރައިދޫގޭގެ މުވައްޒަފުންނާއި އަދަދު ހާމަނުކުރަން ނިންމި ނިންމުން ބަދަލު ކުރަން ރައީސް އަންގަވައިފި

އެ މައްސަލައިގައި ގޮތެއް ނިންމީ މިއަދު ބޭއްވި ގައުމީ ސަލާމަތާއި ހިދުމަތްތަކާ ބެހޭ 241 ކޮމެޓީން. ކޮމެޓީން ނިންމީ އެއްވެސް މައުލޫމާތެއް ހާމަނުކުރަން
14 އޮކްޓޯބަރު 2024

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދިރިއުޅުއްވާ މުރައިދޫގޭގައި އުޅޭ މުވައްޒަފުންގެ އަދަދާއި އެ މީހުންގެ މުސާރަ ހާމަނުކުރަން މަޖިލީހުގެ ސަލަމާތާއި ހިދުމަތްތަކާ ބެހޭ 241 ކޮމެޓީން ނިންމާފައިވަނިކޮށް އެ މައްސަލަ އާ މެދު އަލުން ގޮތެއް ނިންމަން ރައީސް މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

ވީ ކިހިނެއް؟ -  އެ މައްސަލާގައި ގޮތެއް ނިންމީ މިއަދު ބޭއްވި ގައުމީ ސަލާމަތާއި ހިދުމަތްތަކާ ބެހޭ 241 ކޮމެޓީންނެވެ. އެކޮމެޓީ ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

އެއާ އެކު މިއަދު ހަވީރު 4 ޖަހާއިރަށް އެ ކޮމެޓީގެ ބައްދަލުވުމެއް ވަނީ އެޖެންޑާކޮށްފަ އެވެ.

ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އެ ކޮމެޓީގެ ބައްދަލުވުމުގައި ނިންމީ މުރައިދޫގޭގައި އުޅޭ މުވައްޒަފުންނާ ބެހޭ އެއްވެސް މައުލޫމާތެއް ނުދޭ ގޮތަށެވެ. އޭގެ އިތުރުން:

  • މުރައިދޫގޭގައި އުޅޭ މުވައްޒަފުންގެ އަދަދާއި އެ މީހުންނަށް ހިނގާ ހަރަދު ސިއްރު ނުކުރަން ހުށަހެޅި؛ ނަމަވެސް އެ ހުށަހެޅުން ފާހެއް ނުވި

  • ފާސްވީ އެ ގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އެއްވެސް މައުލޫމާތެއް ހާމަނުކުރަން

  • އެގޮތަށް ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ ވޯޓާ އެކު؛ ހަތަރު މެންބަރަކު ދެކޮޅަށް ވޯޓު ދެއްވި

ފާހަގަކޮށްލެވޭ - އަބްދުއްރަހީމް މުރައިދޫގެއަށް ބަދަލުވެޑައިގެންނެވީ އެ ގެ މަރާމާތުކުރުމަށް ފަހު މިދިޔަ 25 ޖުލައިގަ އެވެ.

މުރައިދޫގޭގެ ވެރިޔާ ނުވަތަ ޗީފް އޮފް ސްޓާފަކަށް ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ އާދަމް ހަލީމް) ވެސް މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ހަމަޖައްސާފައިވެ އެވެ. އަދި އެ ގޭގެ އިސް މަގާމަކަށް ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ޝަހުސިއްޔަތު އަލީ އަޝްފާގު ވެސް ވަނީ މިދިޔަ މަހު އައްޔަންކޮށްފަ އެވެ.

މަޖިލީހުގެ ރައީސް ހުންނަވަން ހާއްސަ ގެއެއް ދައުލަތުން ކަނޑައަޅާ ގޮތަށް ހަމަޖެއްސީ މަޖިލީހުގެ ރައީސްއަކަށް ހުންނަވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 9 މޭ 2021ގައި ދިން ބޮމުގެ ހަމަލާއަށް ފަހު އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް