ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން މިއަދު ބޭއްވި އިވެންޓުގެ ތެރެއިން (ފޮޓޯ/ ބީއެމްއެލް)

ކެންސާ ސޮސައިޓީ

ކެންސަރަށް ހޭލުންތެރިކުރަން ބާއްވާ 'ޕިންކް ރިބަން ރަން ވޯކް' ބާއްވައިފި

މި ހިނގާލުމުގައި 2400 އަށްވުރެ ގިނަ މީހުން ބައިވެރިވި
12 އޮކްޓޯބަރު 2024

ކެންސަރަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހު ބާއްވާ 'ޕިންކް ރިބަން ރަން ވޯކް' މިއަދު ބާއްވައިފި އެވެ.

ވީ ކިހިނެއް؟ - މި ހިނގާލުން ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެހެން 11 ރަށެއްގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ތަފްސީލް - ބީއެމްއެލުން ބުނި ގޮތުގައި މި ހިނގާލުމުގައި ރަޖިސްޓްރީކޮށްގެން ޖުމްލަ 2400 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.

މި ހިނގާލުމަކީ:

  • އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށާއި އަވަހަށް ބަލި ދެނެގަތުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމަށް

  • ކެންސަރާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށާއި ކެންސަރު ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން 200,000 ރުފިޔާ ކެންސާ ސޮސައިޓީއަށް ބީއެމްއެލުން ހަދިޔާކޮށްފައިވޭ

އެނގުން މުހިއްމު - ބީއެމްއެލް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ކެންސާ ސޮސައިޓީގެ "ޕިންކް ރިބަން ރަން ވޯކް" ބޭއްވުމަށާއި އަދި ކެންސާ ސްކްރީނިން ފަދަ ހަރަކާތްތަކަށް އެހީތެރިވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް