ރައީސް މުއިއްޒު އިންޑޮއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދެވުން (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

ރާއްޖޭގައި އިންޑިއާގެ 'ރުޕޭ' ކާޑް ތައާރަފްކޮށްފި

ރުޕޭ އަކީ އިންޑިޔާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑު ޕޭމަންޓް ނެޓްވޯކެއް
7 އޮކްޓޯބަރު 2024

އިންޑިއާގެ ކާޑް ޕޭމަންޓް ނެޓްވޯކް، 'ރުޕޭ' ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ވީ ކިހިނެއް؟ - ރުޕޭ ރާއްޖޭގައި ތައާރަފްކުރީ ރައީސް މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާޗުއަލްކޮށެވެ.

ރުޕޭކާޑް ރާއްޖެއަށް ތައާރަފްކުރަން ނިންމައި ނެޝަނަލް ޕޭމަންޓްސް ކޯރޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)އާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑިސެމްބަރު 2019ގަ އެވެ.

ރުޕޭ އަކީ އިންޑިއާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑު ޕޭމަންޓް ނެޓްވޯކެކެވެ.

ތަފްސީލް - ރުޕޭ ކާޑް ރާއްޖެއަށް ތައާރަފްކުރުމުން ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައި ރުޕޭ ކާޑު ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެފައިވެ އެވެ.

އޭގެ އިތުރުން، ދެ ފަރާތް ގުޅިގެން ތައްޔާރުކުރާ ޕްރީޕެއިޑް ކާޑު މެދުވެރިކޮށް އިންޑިއާގެ އޭޓީއެމް އާއި ޕީއޯއެސް މެޝިންގައި ކާޑު ބޭނުންކުރުމުގެ އިތުރުން އިންޑިއާގައި ޑިޖިޓަލްކޮށް ޕޭމަންޓް ހެދުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ.

ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު މިއަދު ދެއްވި ގުޅިފައިވާ ބަޔާނުގައި ވިދާޅުވީ ރުޕޭ ރާއްޖޭގައި ތައާރަފްކުރުމުން ދެ ގައުމުގެ މީހުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.

އެނގުން މުހިންމު - ރާއްޖެއަށް ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ތައާރަފުކުރަން ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)އާ އެކު މިދިޔަ އޮގަސްޓް މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް