އޮކްޓޯބަރު 3، 2024: އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ އެމްޑީޕީ)
ދަރަނި އަދާކުރުމަށް އެމްޑީޕީއާއި މޯލްޑިވިއަން ކޯޓުން ބޭރުން އެއްބަސްވުމަކަށް
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މޯލްޑިވިއަނުން އެމްޑީޕީއަށް ކޮށްދިން ދަތުރުތަކުގެ އަގު ނުދައްކާ އޮތް މައްސަލާގައި އެ ދަރަނި އަދާކުރެވޭނެ ގޮތަކާ މެދު އެމްޑީޕީއާއެކު އެއްބަސްވުމަކަށް ގޮސް ކޯޓުން މައްސަލަ އަނބުރާ ނަގައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަށް ނުދައްކާ 5.6 މިލިއަން ރުފިޔާ އޮތެވެ. އެ ފައިސާ ހޯދުމަށް މޯލްޑިވިއަނުން އެ ޕާޓީގެ މައްޗަށް ދައުވާކޮށް ސިވިލް ކޯޓަށް މިދިޔަ އަހަރު މައްސަލައެއް ވެއްދި އެވެ.
ތަފްސީލް - ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުން އެނގުނު ގޮތުގައި މޯލްޑިވިއަނާއި އެމްޑީޕީން ކޯޓުން ބޭރުގައި އެއްބަސްވުމަކަށް އައިސް ދައުވާ ފޯމު ބާތިލްކުރުމަށް ކޯޓަށް ވަނީ ހުށަހަޅާފައިވެ އެވެ. އެގޮތުން:
-
ސެޓަލްމަންޓް އެގުރިމަންޓްގައިވާ ގޮތުގެ މަތިން ފުރަތަމަ އިންސްޓޯލްމަންޓަކަށް 1 މިލިއަން ރުފިޔާ އެމްޑީޕީން ވަނީ މޯލްޑިވިއަނަށް ވަނީ ދައްކާފައި
-
ދައުވާ ފޯމު ބާތިލްކޮށްފައިވަނީ މައްސަލަ އަލުން ހުށަހަޅަން ފުރުސަތު ލިބޭ ގޮތަށްކަން ހުކުމުން އެނގުނު
އެނގުން މުހިންމު - އެ ދަތުރުތަކަކީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި އޭރު ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހުގެ ތެރޭގައި ކުރެއްވި ދަތުރުތަކެވެ.
ކޮމެންޓް (1)
ޑިންގުޑޮންގު