މުރައިދޫ ފެނުގެ ނިޒާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވަނީ

މުރައިދޫ ފެނުގެ ނިޒާމްގެ މަސައްކަތް އިފްތިތާހުކޮށްފި

މަސައްކަތް ރަސްމީކޮށް އިފްތިތާހުކުރި އިރު މިހާރު ވެސް އަމަލީ ގިނަ މަސައްކަތްތަކެއް ކުރިއަށް އެބަދޭ
3 ޑިސެމްބަރު 2021

ހއ. މުރައިދޫގައި ފެނުގެ ނިޒާމް ގައިމްކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް އެމްޑަބްލިއުއެސްސީ އިން އިއްޔެ ފަށައިފި އެވެ.

ވީ ކިހިނެއް؟ - ގާތްގަނޑަކަށް 46 މިލިއަން ރުފިޔާގެ މި މަޝްރޫއު އިފްތިތާހުކޮށްދެވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ރަށާ ގުޅުން ހުރި ބައެއް އެހެން ބޭފުޅުން ބައިވެވަޑައިގެންނެވި ރަސްމިއްޔާތެއްގަ އެވެ. އެގޮތުން މުރައިދޫ ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގް އަދި މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ބައިވެރިވެވެޑައިގެންނެވި އެވެ.

ތަފްސީލު - އެމްޑަބްލިއުއެސްސީން ބުނީ ފެން ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. ފެން ޕްލާންްޓް ބަހައްޓާ އިމާރާތްކުރާ ފެސިލިޓީގެ %44 މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މަޝްރުއުގެ ދަށުން:

  • 9 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމްކުރާނެ

  • އާރްއޯ ފެސިލިޓީގެ ބިލްޑިން އިމާރާތް ކުރާނެ

  • ފެން އުފެއްދުމަށް 2 އާރުއޯ ޕްލާންޓް ބަހައްޓާނެ

  • ފެން ރައްކާކުރަން ތިން ތާނގި ހަދާނެ

  • ގޭގޭގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދޭނެ

މި މަޝްރޫއުގެ ޖުމްލަ އަގަކީ 46.85 މިލިއަން ރުފިޔާ އެވެ.

އެމްޑަބްލިއުއެސްސީގެ ޓްވީޓް

އިތުރު އާޓިކަލް

އިތުރު އާޓިކަލް