އެއްލައިދޫ ރިސޯޓުގައި ކައްކާއަކު މަރާލުމުގެ ދައުވާ އުފުލާފައިވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ ޝަރީއަތުގެ މަޖިލީހުގައި(ވީޑިއޯ ސްކްރީންޝޮޓް)

މަރު

އެއްލައިދޫ ރިސޯޓްގެ ކައްކާ މަރާލުން: ލަންކާ ހެކިން ތިބި ތަން އަދިވެސް ނޭނގޭތީ އިންޓަޕޯލްގެ އެހީއަށް އެދިއްޖެ

ދައުލަތުން ހޯދަން މަސައްކަތް ކުރަނީ އެއްލައިދޫ ރިސޯޓުގައި މަސައްކަތް ކުރި ސްރީލަންކާގެ ހަ މީހެއް
22 ސެޕްޓެމްބަރު 2024

މީގެ ގާތްގަނޑަކަށް ހަ އަހަރު ކުރިން، ރޭގަނޑުގެ ނާސްތާއަށް ބިސްގަނޑެއް އަޅައިނުދިނުމުން ހިނގައިދިޔަ ޒުވާބެއްގެ ތެރެއިން އދ. އެއްލައިދޫ ރިސޯޓުގެ ކައްކާއަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ހުށަހެޅި ގިނަ ހެކިވެރިން ހޯދަން އިންޓަޕޯލްގެ އެހީއަށް އެދިއްޖެ އެވެ.

މައްސަލައިގެ ފެށުން - ހާދިސާ ހިނގީ މީގެ ހަ އަހަރު ކުރިން 10 ޖެނުއަރީ 2019 ގަ އެވެ. އެ ގޮތުން:

  • އެ މައްސަލާގައި ދައުވާ ކުރަނީ ރިސޯޓުގައި މަސައްކަތް ކުރި ސްރީ ލަންކާގެ މުވައްޒަފެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ، 42،ގެ މައްޗަށް

  • އެ މާރާމާރީގައި މަރުވީ ހަމަ ސްރީ ލަންކާއަށް ނިސްބަތްވާ ޕަތުމް ދިލްޝަން ޑި ސިލްވާ އަގަމްޕޮޑި، 24، 

ވީ ކިހިނެއް؟ - މީގެ ކުރިން ކޯޓުގެ އިދާރީ އެކި ސަބަބުތަކާ ގުޅިގެން ލަސްވެފައިވާ މި މައްސަލައިގެ ޝަރީއަތް އާ ގާޒީއަކު ފެށިއިރު މައްސަލާގައި ހިމެނޭ މުހިންމު ގިނަ ހެކިން ތިބީ ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފަ އެވެ. އެ މީހުން ތިބި ތަނެއް ވެސް ނޭނގޭ ކަމަށް ދައުލަތުން އޭރު ބުނެފައިވެ އެވެ.

ތަފްސީލް - މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް އިހުސާން ހެކިންނާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލު ބުނީ މިދިޔަ މަހު ފަހުކޮޅު އެ ހެކިން ހޯދުމަށް އިންޓަޕޯލްގެ އެހީއަށް އެދިފައިވާ ކަމަށެވެ. އޭގެ އިތުރުން:

  • އިންޓަޕޯލް އިން އަދި އެ މީހުންގެ މައުލޫމާތު ނުލިބޭ ކަމަށް ދައުލަތުން ބުނި

  • އަންނަ މަހުގެ ކުރީކޮޅު ބާއްވާ އަޑުއެހުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ގާޒީ އެންގެވި

  • މިއަދު ގާޒީ ދެއްވީ ފަހު ފުރުސަތު ކަމާއި އިތުރު ފުރުސަތެއް ނުދެވޭ ކަމަށް ގާޒީ ވިދާޅުވި

ހެކިބަސް ނުނެގި އުޅޭ ހެކިވެރިންނަކީ:

  • އެއްލައިދޫ ރިސޯޓުގައި މަސައްކަތް ކުރި ސްރީލަންކާގެ ހަ މީހެއް

  • އެއްލައިދޫ ރިސޯޓުގައި އެއިރު މަސައްކަތްކުރި އަދި މައްސަލައިގެ ތަހުގީގަށް މެޑިކަލް އެގްޒަމިން ރިޕޯޓް ތައްޔާރުކުރި ޑޮކްޓަރު

އިތުރު އާޓިކަލް

އިތުރު އާޓިކަލް