ވެލާނާ އިންޓަނަނޭޝަނަލް އެއާޕޯޓު (ވީއައޭ)ގެ ޓެކްސީ ކިއުގައި ކާރުތައް މަޑުކޮށްލައިގެން (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)
ޓެކްސީ ކުރުމުގެ ހުއްދަ ހޯދުމަށް ސެންޓަރެއްގައި ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ހަދައިފި
ޓެކްސީ ކުރުމުގެ ހުއްދަ ހޯދުމަށް ސެންޓެރެއްގައި ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް އަލުން ގަވައިދު އިސްލާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިހާރު އަމަލު ކުރަމުން އަންނަ ޓެކްސީ ގަވައިދު، 2022ގައި އެންމެ ފުރަތަމަ ގެޒެޓް ކުރި އިރު، ޓެކްސީ ހުއްދަ ހޯދުމަށް ސެންޓަރެއްގައި ކާރު ރަޖިސްޓްރީ ކުރަން ޖެހެ އެވެ. ސެންޓަރުގައި ކާރު ރަޖިސްޓްރީ ކުރަން ނުޖެހޭ ގޮތަށް ހެދީ މިދިޔަ އަހަރު ސެމްޓެމްބަރުގައި އެ ގަވައިދަށް ގެނައި އިސްލާހަކުންނެވެ. އެ އިސްލާހާ ގުޅިގެން އޭރު ބައެއް ޓެކްސީ ޑްރައިވަރުން ނުރުހުން ވެސް ފާޅު ކުރި އެވެ.
ތަފްސީލު - އަލުން އިހު އޮތް ގޮތަށް ގަވައިދު ބަދަލުކޮށްފައި މިވަނީ މިދިޔަ އަންގާރަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ގަވައިދަށް ގެނައި ތިން ވަނަ އިސްލާހުގެ ދަށުންނެވެ.
އެ އިސްލާހުގައިވާ ގޮތުން:
-
ކާރު ޓެކްސީ ލައިސެންސްއަށް ދޫކުރާ އުޅަނދަކީ ލައިސެންސް ލިބިފައިވާ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދަކަށްވާން ޖެހޭ
-
ކާރު ޓެކްސީ ލައިސެސްއަށް އެދޭއިރު، ޓެކްސީ ސެންޓަރުގެ ލިޔުން ހުށަހަޅަން ޖެހޭނެ
ގަވައިދުގައިވާ ގޮތުން މި އިސްލާހަށް އަމަލު ކުރަން ފަށަން އޮތީ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. އެހެން ކަމުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން މި ބަދަލު ތަންފީޒު ކުރަން މިހާރު ވާނީ ފަށައިފަ އެވެ.
ކޮމެންޓް (1)
ސަމީނާ