ހުޅުމާލޭގައި ޕާކުކޮށްފައި ހުރި ޓެކްސީތަކެއް. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޓެކްސީ

ޓެކްސީ ކާރު ސެންޓަރެއްގައި ރަޖިސްޓްރީ ކުރަން ނުޖެހޭ ގޮތަށް ހަދައިފި

ޓެކްސީ ހުއްދަ ޑިޖިޓަލް ލައިސެންސެއްގެ ގޮތުގައި ހައްދައިދިނުމުގެ އިހުތިޔާރު ވެސް ޓްރާންސްޕޯޓު މިނިސްޓްރީއަށް ލިބިގެންވޭ
19 ސެޕްޓެމްބަރު 2023

ޓެކްސީގެ ހިދުމަތް ދޭ ކާރުތަކަށް އެ ކަމުގެ ލައިސަންސް ހޯދާއިރު، އެއީ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ވާން ޖެހޭ ގޮތަށް އޮތް އޮތުން އުވާލައިފި އެވެ.

ވީ ކިހިނެއް؟ - ޓްރާންސްޕޯޓު މިނިސްޓްރީން އިއްޔެ ވަނީ، ޓެކްސީ ގަވައިދަށް އިސްލާހު ގެނެސް ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. 

ތަފްސީލް - އެ އިސްލާހުގައިވާ ގޮތުން، ޓެކްސީ ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު، އެ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީކޮށްފައިވާ ކާރެއްކަން އަންގައިދޭ ލިޔުން ހުށަހަޅާކަށް ދެން ނުޖެހޭނެ އެވެ.

  • މި އިސްލާހަށް އަމަލު ކުރަން ފަށަނީ އަންނަ މަހުގެ 18ގައި 

  • އެއާ އެކު، ޓެކްސީ ހުއްދަ ޑިޖިޓަލް ލައިސެންސެއްގެ ގޮތުގައި ހައްދައިދިނުމުގެ އިހުތިޔާރު ވެސް ޓްރާންސްޕޯޓު މިނިސްޓްރީއަށް ލިބިގެންވޭ

ގުޅުން ހުރި ކަމެއް - ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދަށް ވެސް އިސްލާހު ގެނެސްފަ އެވެ. ޓެކްސީ ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުން، އިއްޔެ އަމަލުކުރަން ފެށި އެ އިސްލާހުގެ ދަށުން ވަނީ އުވާލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް