ޖަހާމުގުރި ގޯޅިގައި ހުރި ގެއެއްގެ ހަ ވަނަ ފަންގިފިލާއިން ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް ވަނީ އަނިޔާވެފައި. (ދައުރު ފޮޓޯ)

ފުލުހުން

މާލޭގައި އިމާރާތަކުން ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

އިމާރާތެއްގެ ހަ ވަނަ ފަންގިފިލާއިން ދޮރެއްގެ ބިއްލޫރިގަނޑު ވެއްޓި، ސައިކަލެއްގައި ޖެހި ތަޅައިގެންދިޔަ ބިއްލޫރިކޮޅު ބުރައިގެން ދިޔައީ އެ ވަގުތު ސައިކަލުގައި ހުރި މީހާގެ ގަޔަށް
23 ގަޑިއިރު ކުރިން

މާލޭގައި އިމާރާތަކުން ބިއްލޫރިގަނޑެއް މިރޭ ވެއްޓި މީހަކަށް އަނިޔާވެއްޖެ އެވެ.

ބުނީ ކީކޭ؟ - ފުލުހުން ބުނީ މާފަންނު، ޖަހާމުގުރި ގޯޅީގައި ހުރި ގެއެއްގެ ހަ ވަނަ ފަންގިފިލާއިން ދޮރެއްގެ ބިއްލޫރިގަނޑު މަގުމައްޗަށް ވެއްޓުނު ކަމުގެ ރިޕޯޓު މިރޭ 7:12 ހާއިރު ލިބުނު ކަމަށެވެ.

"މި ހާދިސާގައި ބިއްލޫރިގަނޑު ވެއްޓި ސައިކަލެއްގައި ޖެހި ތަޅައިގެންދިޔަ ވަގުތު އެ ސައިކަލުގައި އިން މީހާގެ ގަޔަށް ބިއްލޫރިތައް ބުރައިގެން ގޮސް އެ މީހާއަށް އަނިޔާވެފައިވޭ،" ފުލުހުން ބުނެފައިވެ އެވެ.

"ސައިކަލު އެއީ އެ ވަގުތު އެ ތަނުގައި ޕާކުކުރަން އުޅުނު ސައިކަލެއް. އެ މީހާ މިހާރު ވަނީ އައިޖީއެމްއެޗްއެޗްއަށް ގެންގޮސްފައި."

މާލޭގައި ހުރި ގެއެއްގެ ހަ ވަނަ ފަންގިފިލާއިން ވެއްޓުނު ބިއްލޫރިގަނޑު ޖެހުނު ސައިކަލު. (ދައުރު ފޮޓޯ)

ތަފްސީލު - އެ ހާދިސާގައި ވެއްޓުނު ބިއްލޫރިގަނޑު ޖެހުނީ ޖީއެން 125 ސައިކަލެއްގަ އެވެ. ސައިކަލުގެ ޕެޓްރޯލް ޓޭންކު ބަނޑިވެފައި ހުރި އިރު، މިއީ މި ހާދިސާގައި ކަމެއް ނުވަތަ އޭގެ ކުރިން ލިބުނު ގެއްލުމެއްކަން ކަށަވަރެއް ނުވެ އެވެ.

އެ ހާދިސާގައި އަނިޔާވީ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ފުލުހުން އަންނަނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް