ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދުު (އަސްވާޑު): އެ މިނިސްޓްރީން ޖަމިއްޔާތަކަށް ގްރާންޓް ދޫކޮށްފި / ފޮޓޯ: ޔޫތު މިނިސްޓްރީ

ސަރުކާރުން 16 ޖަމިއްޔާއަކަށް 3 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޫކޮށްފި

16 ސެޕްޓެމްބަރު 2024
1

ސަރުކާރުން 16 ޖަމިއްޔާއަކަށް 3 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޫކޮށްފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ވީ ކިިހިނެއް؟ - ޔޫތު މިނިސްޓްރީން ޖަމިއްޔާތަކަށް މި ގްރާންޓް ދޫކުރިކަން ހާމަކުރީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންްގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދެވެ.

ކީކޭ ބުނީ؟ - ހީނާ ވިދާޅުވީ ޔޫތު މިނިސްޓްރީން ގްރާންޓް ދޫކުރާނެ 16 ޖަމިއްޔާއެއް ކަނޑައަޅައި ޖުމުލަ 3 މިލިއަން ރުފިޔާ އެ ޖަމިއްޔާތަކަށް މިހާރު ދޫކޮށްފައިވާ ކަމަށެވެ.

ނަމަވެސް ގްރާންޓް ދޫކުރި ޖަމިއްޔާތަކާއި ޖަމިއްޔާތައް ކަނޑައެޅުމުގައި މިނިސްޓްރީން ބެލި މިންގަނޑުގެ ތަފްސީލެއް ނުދެ އެވެ.

"އޭގައި ވަރަށް ގިނަ ޓެކްނިކަލް ވާހަކަތަކެއް ވެސް ހިމެނޭތީ، އެންމެ ރަނގަޅު ވާނީ މިނިސްޓްރީން ސާފުކުރިއްޔާ، މިނިސްޓްރީން އެ ތަފްސީލްތައް މީޑިއާތަކަށް ދޭނެ،" ތަފްސީލުތަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން ހީނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ޔޫތު މިނިސްޓަރުކަމާ އިބްރާހީމް ވަހީދު (އަސްވާޑު) ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ ޖަމިއްޔާތަކުން ސަރުކާރުގެ އެހީތެރިކަމަށް އެދޭ ކަން ފާހަގަ ކުރައްވައިފަ އެވެ. އަދި އެ ކަމަށް މިނިސްޓްރީން އުސޫލުތަކެއް ހަމަޖައްސަވާނެ ކަމަށް މިނިސްޓަރު އޭރު ވިދާޅުވި އެވެ.

ގުޅުން ހުރި - ދީނީ ހިދުމަތް ފޯރުކޮށްދޭ ޖަމިއްޔާތަކާ އެކީ އިސްލާމިކް މިނިސްޓްރީން އިއްޔެ ބޭއްވި މަހާސިންތާއެއްގައި މިިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ އެ ޖަމިއްޔާތަކަށް މާލީ އެހީތެރިކަމާއި މިނިސްޓްރީން ވަސީލަތްތައް ފޯރުކޮށްދޭނެ އުސޫލެއް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޔޫތު މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އާޓިސްޓުންނަށް ވެސް ކޮންމެ އަހަރަކު 25 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދޫކުރައްވާނެ ކަމަށް ވެސް ރައީސް މުހައްމަދު މުއިއްޒު މިދިޔަ ޖުލައި މަހު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް (1)

profile-image-placeholder

ކިލަމަންޑްސް

16 ސެޕްޓެމްބަރު 2024
ދަރިވަރުންގެ ފައިސާ ކޮބާ؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް