ހިންނަވަރު-ނައިފަރު ޑްރަގް އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ފަސް މީހުން. (ފޮޓޯ/ ފުލުހުން)
ހިންނަވަރު-ނައިފަރު ޑްރަގް އޮޕަރޭޝަން: 5 މީހަކު ހައްޔަރު ކޮށްފި
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ގުޅިގެން ޅ. ހިންނަވަރާއި ނައިފަރުގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުުހުން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި 12 ތަނެއް ބަލައިފާސްކޮށްފައިވެ އެވެ. އެ އޮޕަރޭޝަންގެ ތަފްސީލްތަކާ އެކު ފުލުހުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ވާގޮތުން:
-
ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވޭ؛ މިތަކެތީގެ ވަގުތީ ބަރުދަނަކީ 86.26 ގްރާމް
-
އޭގެ އިތުރުން 293،000ރ. އާއި ޑޮލަރުގެ އިތުރުން ޔޫރޯ ފެނިފައިވޭ
ތަފްސީލް - މި އޮޕަރޭޝަންގައި ފަސް މީހުން ހައްޔަރުކޮށްފައިވާ އިރު ފުލުހުން ވަނީ އެމީހުންގެ ވަނަވަރު ވެސް އާންމުކޮށްފަ އެވެ. ހައްޔަރުކޮށްފައިވަނީ:
-
ހުސެއިން އީސާ ފުޅު، 48، ޅ. ހިންނަވަރު / އަގީދުގެ
-
އަޙްމަދު މުޙައްމަދު، 36، ޅ. ހިންނަވަރު / މިދިލިމާގެ
-
އަބްދުﷲ ޒަކަރިއްޔާ، 46، ޅ. ނައިފަރު / ޑޭޒީހިޔާ
-
މުހައްމަދު އިރުޝާދު، 35، ޅ. ހިންނަވަރު / ފެހިގެ
-
ފާތިމަތު ރީމާ، 44، އދ. މަހިބަދޫ / ކުޅިބަލާގެ
މި ފަސް މީހުންގެ އިތުރުން ވެސް ޑްރަގް އޮޕަރޭޝަންގައި އިތުރު މީހުން ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފާހަގަކޮށްލެވޭ - މި ފަސްމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އެ ހުރިހާ އެންމެނަށް ވެސް މުއްދަތު ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެގޮތުން ކޯޓުން އެމީހުން ބަންދުކުރަން އަމުރުކޮށްފައިވަނީ:
-
ހުސައިން އީސާ ފުޅު އަދި އަހުމަދު މުހައްމަދު - ހަތް ދުވަހަށް
-
އަބްދުﷲ ޒަކަރިއްޔާ - 15 ދުވަހަށް
-
ފާތިމަތުު ރީމާ - 12 ދުވަހަށް
-
މުހައްމަދު އިރުޝާދު - ތިން ދުވަހަށް
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.