ޗިލްރަންސް އޮމްބަޑްސްޕާސަންސް އޮފީސް. (ފޮޓޯ/ ޕީއެސްއެމް)

ޗިލްރަންސް އޮމްބަޑްސްޕާސަން ގާލް ގައިޑްގައި މަސައްކަތް ކުރުން ފުށުއަރާ ކަމަށް ތުހުމަތުކޮށްފި

އޮމްބަޑްސްޕާސަން ވިދާޅުވަނީ އެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް
13 ސެޕްޓެމްބަރު 2024
59

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރާ މިންވަރު މޮނިޓާ ކުރުމަށްޓަކައި އުފައްދާފައިވާ ޗިލްރަންސް އޮމްބަޑްސްޕާސަން ގާލް ގައިޑްގެ ޗީފް ކޮމިޝަނަރުގެ މަގާމު އަދާ ކުރުމަކީ ގަވާއިދާ ހިލާފަށް ކުރާ ކަމެއް ކަމަށް ބުނެ އެ މައްސަލަ ބައެއް ފަރާތްތަކުން ޝަކުވާއެއްގެ ގޮތުގައި ހުށަހަޅައިފި އެވެ. 

ވީ ކިހިނެއް؟ - އޮމްބަޑްސްޕާސަން އޮފީހުގެ އިދާރީ ގަވާއިދުގެ 21 ވަނަ މާއްދާގެ (ޅ)ގައި ބުނަނީ ޗިލްރަންސް އޮމްބަޑްސްޕާސަންގެ ހައިސިއްޔަތުން މެނުވީ "ދައުލަތުގެ އެހެން އެއްވެސް އޮފީހެއްގައި، ނުވަތަ ކޮމިޝަނެއްގައި، ނުވަތަ ކައުންސިލެއްގައި، ނުވަތަ މަޖިލީހެއްގައި، ނުވަތަ ޕެނަލްއެއްގައި އުޖޫރައަކަށް ވިޔަސް ނުވަތަ އުޖޫރައަކާ ނުލައި ނަމަވެސް ބައިވެރިނުވެވޭނެ" ކަމަށެވެ.

ތަފްސީލް - ޗިލްރަންސް އޮމްބަޑްސްޕާސަންސް އޮފީހުގައި ހިނގަމުންދާ ގަވައިދާ ހިލާފު ކަންކަމުގެ ތަފްސީލީ މައުލޫމާތު ހިއްސާކޮށް ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް ހުށަހަޅާފައިވާ ޑޮކިއުމަންޓުގެ ކޮޕީއެއް 'ދައުރު'އަށް ވަނީ ލިބިފަ އެވެ. އެގޮތުން، އެ މައްސަލާގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ:

ޗިލްރަންސް އޮމްބަޑްސްޕާސަންގެ މަސްލަހަތު ފުށުއެރުން

  • ޗިލްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމަތު ޝަފީގު މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރުގެ މަގާމުގައި ހުންނެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް އަދި އެ އޮފީހުގެ ގަވައިދާއި ސުލޫކީ މިންގަނޑާ ވެސް ހިލާފު ކަމެއް

  • އެ އޮފީހުގެ އިދާރީ ގަވައިދުގައިވާ ގޮތުން، އޮމްބަޑްސްޕާސަންގެ މަގާމުގެ މަސްއޫލިއްޔަތާ ފުށުއަރާފާނެ ބާވަތުގެ މަދަނީ ޖަމާއަތެއްގެ މެމްބަރެއްގެ ގޮތުގައި ވެސް އޮމްބަޑްސްޕާސަން އަކަށް ނުހުރެވޭނެ 

  • މީގެ އިތުރުން، ގާލް ގައިޑް އެސޯސިއޭޝަންގެ ޗީފް ގައިޑުގެ މަގާމުގައި ހުންނަވަނީ އެއިރެއްގެ ފަސްޓް ލޭޑީ؛ ޗިލްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުރެ ގާލް ގައިޑްގެ ޗީފް ކޮމިޝަނަރުގެ ހައިސިއްޔަތުން ނިއުމަތު އެއިރެއްގައި ފަސްޓް ލޭޑީއާ އެހާ ގާތުން މަސައްކަތް ކުރުމަކީ މުޖުތަމައުގެ ތެރޭގައި އޭނާގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފެދޭނެ ކަމެއް

  • ގާލް ގައިޑުގެ ޗީފް ކޮމިޝަނަރުގެ މަގާމަކީ ޒިންމާ ބޮޑު، ގިނަ ވަގުތު ހޭދަކުރަން ޖެހޭ އަދި ރާއްޖެއިން ބޭރަށް ގިނަ ދަތުރުތައް ވެސް ކުރަންޖެހޭ މަގާމެއް؛ އެކަމުގެ ސަބަބުން ޗިލްރަންސް އޮމްބަޑްސްޕާސަންއާ މަތިކޮށްފައިވާ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދައެއް ނުކުރެވޭ

ގާލް ގައިޑް އެސޯސިއޭޝަންގެ ހަފްލާއެއްގައި އެ އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރު އަދި ޗިލްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގް (ވ) އާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު (ވ-2). (ފޮޓޯ/ ގާލް ގައިޑް އެސޯސިއޭޝަން)
ގާލް ގައިޑް އެސޯސިއޭޝަންގެ ހަފްލާއެއްގައި އެ އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރު އަދި ޗިލްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގް (ވ) އާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު (ކ).

އޮފީސް ހިންގުމުގައި ރަސްމީ ސިފައެއް ޖެހިފައި ނުވުން

  • އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ގޮތަށް އިދާރީ އޮނިގަނޑު ބައްޓަން ކުރުމަކީ އޮމްބަޑްސްޕާސަންގެ ޒިންމާއެއް؛ އެކަން އެންމެ ރަނގަޅަށް ކޮށްފައެއް ނުވޭ

  • އޮފީހުގައި ކޮންމެހެން ހުންނަންޖެހޭ ޑިރެކްޓަރު ޖެނެރަލްއެއް ނުހުރޭ އަދި ބިއުރޯ އެއް ވެސް ނޯވޭ؛ ބިއުރޯގެ މަސައްކަތް ކުރަންޖެހެނީ ވެސް އެހެން ޑިޕާޓުމަންޓުގެ މުވައްޒަފުން

މުވައްޒަފުންގެ މެދުގައި ތަފާތުކުރުން

  • އޮފީހުގެ ބައެއް ވެރިން ގުޅިގެން މުވައްޒަފުންނާއި ޑިޕާޓްމަންޓުތަކުގެ މެދުގައި ފާޅުކަންބޮޑު ގޮތެއްގައި ތަފާތުކުރުން ގެންގުޅޭ؛ ރާއްޖެއިން ބޭރަށް އޮފީސް ތަމްސީލްކުރުމަށް ކުރާ ދަތުރުތަކުގައި ވެސް ފުރުސަތު ލިބެނީ ވަކި ބަޔަކަށް

  • އޮފީހުގެ މަސައްކަތްތަކަށް ވަރަށް މުހިއްމު މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން އޮފީހުން ބޭރުގައި އެހެން މުއައްސަސާތަކާ އެކު ބާއްވާ ބައްދަލުވުންތަކާއި އޮފީހުގައި ކުރިއަށްދާ ބައްދަލުވުންތަކުގައި ވެސް ބައިވެރި ނުކުރޭ

  • މަސައްކަތްތަކަށް ފާޅުގައި ދަތިކޮށް މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދައިނުދޭ

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއްގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ބައިވެރިވަނީ. ޗިލްރަންސް އޮމްބަޑްސްޕާސަންސް އޮފީހުގެ މައްސަލަ ހުށަހަޅާފައިވަނީ އެ މުއައްސަސާގެ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް. (ފޮޓޯ/ މަޖިލިސް)

ވިސްލްބްލޯ ކުރި ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި، އޮފީސްތެރޭގައި މިފަދަ ކަންކަން ހިނގަމުން ދިޔުމުގެ ސަބަބުން އޮފީހުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރުމަށް ހުރަސްއެޅެ އެވެ. އަދި ތަފާތުކުރުންތަކާއި މަސައްކަތުގެ މާހައުލުގައި ފެންނަމުންދާ ނޭދެވޭ ކަންތައްތަކުގެ ސަބަބުން މުވައްޒަފުންގެ ހިތްވަރު ގެއްލި، ނަފްސާނީ ގޮތުން ވެސް ވަނީ އަސަރުކޮށްފަ އެވެ.

އޮމްބަޑްސްޕާސަންގެ ބަސް - އެކަމާ ގުޅިގެން އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ "ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް، އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް" ކަމަށެވެ.

ފާހަގަކޮށްލެވޭ - މި މައްސަލައާ ގުޅިގެން ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ. އެގޮތުން ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަން ޗިލްރަންސް އޮމްބަޑްސްޕާސަންއަށް އަންގައި، އެކަމަށް ވަކި މުއްދަތެއް ދީފައިވެ އެވެ.

ކޮމެންޓް (59)

ސަނީ

15 ސެޕްޓެމްބަރު 2024
ޢާޓިކަލް ކިޔާލީމައި ވަރަށް ކަންކަން ސާފުވެއްޖެ. ތިނަނުން ގުޅާ ކުއްޖަކު ވަރަށް ހުތުރުކޮށް ވާހަކަ ދައްކާ. އޮފީސް ހިންގަންޖެހޭގޮތް އެބަކިޔާދޭ.
2 0

އެސްއާރްއޯ ސަނީލާ

14 ސެޕްޓެމްބަރު 2024
އަޅުގަނޑު ތިޔަ އޮފީހަށް ރަސްމީ ކަންކަމުގައި ގުޅާ ގުޅާ ދުވަހަކުވެސް ފޯނެއް ނުނަގާ. ރަސްމީ ހައިސިއްޔަތުން ސަރުކާރުގެ ކަންކަމުގައި ގުޅީމަ ފޯން ނުނެގޭ އިރު އާންމު ރައްޔިތުން ގުޅީމަ ނުނެގޭނެކަން ޔަޤީން.
0 0

ގުދޯ ގުދޯ

14 ސެޕްޓެމްބަރު 2024
ރައްޔިތުންގެ ފައިސާ ކާންތިބެގެން މިތިބަ ހަމަ ގުދޯ ގުދޯ ކިޔަނީ. މިވަރުން ވަޒީފާއަށް ދާނެކަމެއްނެތް. މަގޭ އެކްސްޕީރިއަންސްއަކީ މިހެން ގުދޯ ގޮވާ މީހުން ގުދުކަން އިނގިލި ދިއްކުރާ މީހާއަށްވުރެ އަބަދުވެސް ބޮޑުކަން
1 1

އަލީ

14 ސެޕްޓެމްބަރު 2024
އަހަންނަށް ހީވަނީ ވަރަށް ގޯސްކޮށް ހިންގާ އޮފީހެއް ހެން. އިންޓާނަލީ ކަންކަން ހައްލު ކުރެވޭނެ މާހައުލެއް ނެތީމަތާ ވިސްލްބްލޯ ކުރާނީ.
3 0

މޫސަ

14 ސެޕްޓެމްބަރު 2024
ތި ހާދަ ވަރުގަދަ ތަނެކޭ. ތިވަރު ތަނެއްގައި ކިހިނެއް މަސައްކަތްކުރަނީ. ތީ ވެރިއެއްވެސް ނެތް ތަނެއްތަ. ތަފާތު ކުރުމަކީ އޭގެ ސަބަބުން މުޅި މަސައްކަތުގެ މާހައުލު ހަލާކުކޮށްލާ ކަމެއް.
4 0

ކިހާބޮޑު ބަލާއެއް

14 ސެޕްޓެމްބަރު 2024
ކަލޭމެން އޮފީސް ތެރޭގެ ހިނގާ ކަންކަން އިންޓާރނަލީ ޑިސްކަސް ކުރީމަ ވީއެއްނު. މި ހީވަނީ މިހާރު ޗެޓް ލޮގްއެއްހެން. މިތާ ކޮމެންޓްތައް ކިޔާލީމަވެސް އިނގޭ ޒާތީގޮތުން ބަޔަކު ދެން އުޅޭ ބަޔަކާ ޖައްސާލައިގެންކަން މިއުޅެނީ. އަދި ކޮމެންޓް ކުރަމުންދަނީވެސް މައްސަލަ ހުށައަޅައިގެން އުޅޭ މީހުންކަން.
3 5

ސަންފަ

14 ސެޕްޓެމްބަރު 2024
ތިޔަ އޮފީހުގެ ބޮޑު މީހާ އަށް ހާދަ ބޮޑު އޮޅުވާލުމެކޭ އޮޅުވާލާފަ ތިޔައޮތީ އަރިސް ކުދިން ކޮޅު އަޑީގަ ތިބެގެން. ތިވަރު ވާއިރު ކީއްވެބާ ކުރިން މިކަން ކަން ސަމާލުކަމަށް މި ނުގެނައީ.
4 0

ބޮޑު މީހާ

14 ސެޕްޓެމްބަރު 2024
@ސަންފަ ޢަރިސްކުދިން ދުވާލަކީ ރޭގަނޑުކަމަށް ބޮޑުމީހާ ކައިރީ ބުނެފިއްޔާ އެވެސް ބޮޑު މީހާ ގަބޫލުކުރާނެ ލޯ މަރާލައިގެން ހުރެ
4 0

އަރިސްމީހާ

14 ސެޕްޓެމްބަރު 2024
އަރިސް ބޭފުޅުންކޮޅެއް ހިތްހަމަނުޖެހި ހިންގާ ޖަރިމާއެއް!
1 0

ރެކަމަންޑޭޝަން

14 ސެޕްޓެމްބަރު 2024
ތިތަނަކީ ވަގުތުން އުވާލަންޖެހޭތަނެއް. ޙާދަ އަނިޔާވެރިކޮށޭ ނިއުމަތުއާ ނިއުމަތުގެ ގްރޫޕް މިވައްޒަފުންނަށް ޓްރީޓްކުރަނީ. މަސައްކަތު މީހާ ރޮއްވުމަކީވެސް ހަމަ ޢާދަވެގެން ކުރާކަމެއް
7 4

ނާނު

14 ސެޕްޓެމްބަރު 2024
ލީގަލް ޑިރެކްޓަރަށް ކޮށްލިވަރޭ، ހަދާލިގޮތޭ ނުކިޔާ ތިޔަކުޅޭ ޑްރާމާއެއް ކުޅެބަލަ. ތިޔަކަހަލަ ފިތުނަފަސާދައިގަ ބައިވެރިވާކަށް ޝައުގެއްނެތޯ ލީގަލް ޑިރެކްޓަރު ބުނީ.
3 6

ާއާފަލު

13 ސެޕްޓެމްބަރު 2024
އާޓިކަލް ކިޔާފަ ތިރި ބަލާލި އިރު މި އޮތީ ސްޓާފް މީޓިންއެއް. މިވަރުން އޮފީސްތައް ހިންގާނެ ކަމެއް ނެތް. އަދި އެއްޗަކަށް ވާވަރުގެ މޮޅު އެއްޗެއްވެސް މީގަ އޮތީކީ ނޫން.
7 1

ޗަކަ ޗަކަ

13 ސެޕްޓެމްބަރު 2024
ޢަދިވެސް މޮޅެތި ނަން ނަން ކިޔާފަ އޮފީސްތައް ހަދާ. މޮޅުތަކެއް ވެއްޖެ. ޢޮފީސް އުވާލާފަ އެންމެން ގެއަށް ފޮނުވާލާ.
8 0

ޖުއްލާބު

13 ސެޕްޓެމްބަރު 2024
އަހަރެންގެ އަންހެނުންވެސް މަސައްކަތް ކުރަނީ ތިޔަ އޮފީހެއްގަ ، ތިޔަ ތަނަކައް ދާންފެށިފަހުން އަންހެނުން މިހާރު މޮޔަޔަކައްވެއްޖެ. އޮފީހައް ނުދާން ކޮންމެދުވަހަކުވެސް ހުންނަނީ ، ނުގޮހެއްވެސް ނެއްތާ ވާކައް އަނގަޔާ އަތާ ދިމާނުވެގެން އުޅެން މިޖެހެނީ، ތަފާތު ކުރުން ބޮޑުތަނެއްތީ، އިންސާފު ބޭނުން.
7 0

ސޯލިބެ

14 ސެޕްޓެމްބަރު 2024
@ޖުއްލާބު އަހަރެންގެ އަންހެނުންވެސް ތިޔަ އޮފީހެއްގަ މަސައްކަތް ކުރަނީ ، ގެޔައް އައިސް އޮފީސް ވާހަކަ ދެއްކުން ނޫން ކަމެއްނުކުރޭ ،ދަންވަރު ތިނެއް ހަތަރެއް ޖަހަންދެންވެސް އެކަމެއްގަ ، އަހަރެން މިހާރު މޮޔަވާ ވަރު ވެއްޖެ.
6 0

ނަޖްފާ އަދި މައްދު

13 ސެޕްޓެމްބަރު 2024
މި އޮފީހުގެ ކުރާ މަސައްކަތަކީ ހަމަައެކަނި ގަސް ހެއްދުން، ގަހަށް ފެން ދިނުމް 😂😂😂😂😂😂😂 ފެން ނުދީފިއްޔާ މަސައްކަތު މީހާ ވަޒީފާއިން ވަކި ކުރަން އެތަކެއް އިންޒާރެއްދީފައިވޭ
7 1

ހައިއްޓެ

13 ސެޕްޓެމްބަރު 2024
ތިތަން ތީ ކުޑަފިހާރައެއް ހެން ހިންގާ ތަނެއް. އޮޑިޓް ޑިރެކްޓަރ ބުނާ ގޮތަށް ހުރިހާކަމެއް ދާނީ. އޮމްބޮޑްސްޕަރސަން އުޅޭނީ ޔޮޓް ހެދުމުގަ ކ.ހުރާ ގަ. ދެން ހަވީރު އެންމެން ގެއަށް ގޮސް ނިމުނީމަ ފެށޭނީ ނަމާދު ކުރަން.
7 1

މީނާ

14 ސެޕްޓެމްބަރު 2024
@ހައިއްޓެ ނަމާދުކުރަން ޥަނުން އަދި އެއީ އެހެން ސީރީސްއެެއްކަމަށް ވަނީ. އެކަމާހެދި މީހުން ނޮޅާ ކާލަނީ. ނިއުމަތު ނޭނގޭ ކަމަށް ހެދިގެން އޮފީސް ހިންގަން މީނައާ ހަވާލުކޮށްފައި ތުލުސްދޫގައި
4 0

ނަޖްފާ

14 ސެޕްޓެމްބަރު 2024
@މީނާ ނަމާދު ކުރަން ވަންނަން ފުވައްމުލަކުގަ ކޮޓަރިި ހިފައިދިން! ދަތުރުގަ އަޅުކަންކުރަން ވާނެތާ!
2 0

ޖަރީމާމުދާ

13 ސެޕްޓެމްބަރު 2024
ނިއުމަތަށް ނޭންގޭނެ ތިއަ އޮފީހަށް ވަތް ދުވަހެއް ބުނަންވެސް. އޮފީހުގެ އިދާރީ ހިންގުމަށް ސެކްރެޓެރީ ޖެނެރަލެއް ނުނަގައި އޭނާ ވެކޭޝަނުގަ އުޅޭއިރު ތަން ހިންގަން ހަވާލުކޮށްފައި އޮންނަނީ ޑިރެކްޓަރު ނަޖުފާއާ
7 1

ޖަރީމާމުދާ

13 ސެޕްޓެމްބަރު 2024
މީގަ މިއޮތީ އަދި ކުޑަ މިންވަރެއް އޮންބޮޑު ގައިޑު މަސައްކަތުގައި ނޫޅެންޏާ ދެން މުޅިންވެސް އުޅެނީ ތުލުސްދޫގައި އޭނާގެ ސަފާރީ ބަނުމުގައި. ކޮންމެވެސް ތާކުން މީނާގެ މުސާރަ ހިފަހައްޓަންވެއްޖެ
6 0

މުއިއްޒު

13 ސެޕްޓެމްބަރު 2024
އިދާރާތައް މޮނިޓަރކުރަން ދަނީ އެޗް.އާރް އޮފިސަރާ ޕްރޮކިޔުމަންޓް އޮފިސަރާ އައި ޓީ އޮފިސަރާއޭ ކިޔާ އަޑުއެހިން. ކިހިނެއްބާ ދެން މި މީހުން ލިޔާ ރިޕޯޓަށް އިތުބާރު ކުރާނީ.
5 0

ޢިސްޓާކީނު

13 ސެޕްޓެމްބަރު 2024
ޔުނިވަރސިޓީ އޮފް ކޮލާޖް ލަންޑަނަށް ދާން ފެނޭ މި މައްސަލަތައް ތަހުގީގު ކުރަން
3 2

ފަޅޯ

13 ސެޕްޓެމްބަރު 2024
ނިއުމަތާ އޭނައަށް ކަމުދާ ޑިޕާޓްމަންޓްތަކުގެ މީހުން އެތަނުގަ އުޅުނު ލީގަލް ޑިރެކްޓަރާ ޖައްސާލާ އޭނައަށް ކޮށްލިވަރު އެނގޭ މީހުން ބުނާނެ މީ އަގަލު ކުޑަ ބައެއްކަން. މަލާމާތްކުރުމާ ޖެއްސުންކުރުމުގެ އިންތިހާ.
7 1

ހާލަތު

13 ސެޕްޓެމްބަރު 2024
އޮފީހުގެ ބައެއް ވެރިން ގުޅިގެން މުވައްޒަފުންނާއި ޑިޕާޓްމަންޓުތަކުގެ މެދުގައި ފާޅުކަންބޮޑު ގޮތެއްގައި ތަފާތުކުރުން ގެންގުޅުމަކީ ހަމަ މިހާރު ހުރިހާ އޮފީހެއްގެވެސް ހާލު. އަނެއްކާ ނިއުމަތަކީ އެހާ ބޭފުޅުކަމަށް ލޯބިކުރާ ބޭފުޅެއް. ތިތާ ބޭފުޅުން ތިބިއްޔާ ބޭފުޅުވާނެ ވަރު އިހުސާހުކުރެވޭ އަހަރުމެންނަށްވެސް. އަހަރުމެންގެ އޮފީހުގެވެސް ހާލަކީ ތީ ހަމަ.
6 1

ލަޔަރރރރ

13 ސެޕްޓެމްބަރު 2024
"ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް، އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް" އެކަމަކު މިނިވަން މަގާމެއްގަ ހުރެފަ ގާލް ގައިޑު ލިބާހުގަވެސް ފޮޓޯ އެބައިން މި ހަބަރުގަ. ކިހިނެއްވެގެންވާ މީނަ މި ދޮގު ހަދަނީ؟
8 0

އެމް

13 ސެޕްޓެމްބަރު 2024
ތީ އުވާލަންޖެހޭ ތަނެއް. ކީއްކުރަން ސަރުކާރުން ހަރަދުކުރާ ތަނެއް ބަޔަކު ދަތުރުދާން.
8 0

ާނިއު

13 ސެޕްޓެމްބަރު 2024
ޑިފެންސިވް ނުވެ ކަންކަން ރަނގަޅުކުރަންވީ.
7 0

ޢަލްމާ

13 ސެޕްޓެމްބަރު 2024
ޓެކްނިކަލް މަސައްކަތް ކުރިއަސް ދައުލަތުން ހަރަދު ކުރާ ތަނެއް ވިއްޔާ ބިއުރޯއާ އެހެން ރޯ ވެސް އޮންނަން ވާނެ. އުސޫލުތަކުން ބޭރަކުން ނޫން ދައުލަތުގެ އޮފީސް ހިންގަން ޖެހޭނީ.
8 2

ިުޖުހާ

13 ސެޕްޓެމްބަރު 2024
އޮފީސްތަކުގަ އުޅެން ކުފޫ ހަމަނުވާ މީހުން ތަންތަނަށް ވަނީމަ ވާނީ މިހިން. އަބަދުވެސް ކޮންމެވެސް މައްސަލައެއް ހޯދާ ތަނުގެ ހަމަޖެހުން ނަގާލާ، މީހުން ބަދުނާމް ކުރުން އޮންނާނީ. އެމީހަކަށް އަދި އެދުވަަސް ފެންނާނެ.
5 6

ތެދު

13 ސެޕްޓެމްބަރު 2024
@ިުޖުހާ އަސްލުވެސް. ނިއުމަތު ކީއްކުރަން ގައިޑު ހިންގަން އުޅެފަ މިތަނަށް ވަނީ ދޯ.
4 0

ޯޮޮޮއހ

13 ސެޕްޓެމްބަރު 2024
ތިޔަ ކަހަލަ ކަންކަން ހިނގާނަމަ ބަލަންޖެހޭ.
4 0

ސީމާ ސަލީމް

13 ސެޕްޓެމްބަރު 2024
ޗިލްޑްރަން އޮމްބަޑްސް އޮފީހަކީ ކުޑަ އޮފީހެކެވެ. އަދި ވަކި ޚާއްސަ ޓެކްނިކަލް މަސައްކަތެއް ކުރުމަށް އުފައްދާވާފައިވާ އޮފީހެކެވެ. ވުމާއެކު، މިކަހަލަ ކުޑަ އޮފީހެއްގައި ބިއުރޯއެއް އޮންނާކަށް ނުޖެހޭނެއެވެ. އަޅުގަނޑުމެންގެ ރައީސްވެސް އަންގަވަނީ ޚަރަދުކުޑަކުރުމަށް ނޫންތޯ؟
3 6

ޢަސާ

13 ސެޕްޓެމްބަރު 2024
@ސީމާ ސަލީމް ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީހުން ކުރައްވާ ދަތުރު ތަކުން އެނގޭ ވަރަށް ހަރަދު ކުޑަކުރަން މަސައްކަތް ކުރައްވާކަން. ޙަރަދު ކުޑަކުރުމުގެ ސިއާސަތުގެ ދަށުންތޯ މާސިންގާ ފައުޖުތައް ގޮވައިގެން ދަތުރުފުޅު ކުރައްވަނީ
6 1

ސޫމީ ސިލާމް

13 ސެޕްޓެމްބަރު 2024
@ސީމާ ސަލީމް ބަލަ ބިއުރޯއަކީ ކިހިނެއްވާ ކަމެއްކަން އެނގޭތާ؟ ޚަރަދަކީވެސް ކިހިނެއްވާ އެއްޗެއްކަން އެނގޭތަ؟ ކުޑަކޮށް އަދި އެއްފަހަރު ވިސްނާލާފަ އެނގޭ މީހެއް ކައިރީގަ އަހާލަން ފެނޭ.
7 0

ޙަސަނު

13 ސެޕްޓެމްބަރު 2024
ވަރަށް ދެރަ ކަންކަން މީ. ފާޑުފާޑުގެ ނަން ނަން ކިޔައިގެން ކީއްކުރާ ތަންތަނެއް ތީ.
8 0

ފޭވަރކުރުން!

13 ސެޕްޓެމްބަރު 2024
މީ ވަރަށް ފޭވަރކުރާ މީހެއް! ބޭނުންވާ މީހޫންނަށް ނުހައްޤު ޗުއްޓީތައް އެބަދޭ! މެންޓަލް ހެލްތު ގޯސް ވެގެނޭ ކިޔާފަ، 1 މަސް ޕޭލީވް މި ދެނީ ކިހިނެއްބާ؟
8 0

ފޭވާ ކާފަ

13 ސެޕްޓެމްބަރު 2024
@ފޭވަރކުރުން! މަންޖެވެސް ރިކުއެސްޓް ކުރީމާ ހައްޖު ލީވްވެސް ދޭނެ އެއޮންނަގޮތަކަށް. އެކަކުވެސް ނުބަލާނެ ހައްޖަށް ދިޔަތޯ
1 5

ާޕެއިޑް ލީވް ސޭލް

14 ސެޕްޓެމްބަރު 2024
@ފޭވާ ކާފަ ސޭލް ސޭލް! ޕެއިޑް ލީވް ސޭލް! ޢަގު ހެޔޮކޮށް! އެންމެން އާދޭ! ކަލެޔަށްވެސް ޕެއިޑް ލީވް! އޭނައަށްވެސް ޕެއިޑް ލީވް! މީނައަށްވެސް ޕެއިޑް ލީވް! އެކަމު ނިއުމަތު އެންޑް ކޯ އެޕްރޫވް ވީމަ ލިބޭނީ!
4 0

ކަތީބު

14 ސެޕްޓެމްބަރު 2024
@ފޭވާ ކާފަ 2 މަންތު މެންޓަލް ޕެއިޑް ލީވްގަ ޔޫކޭގަ ހުރިކަމަށް ވަނީ! ގެފުޅަކު ނުން ދޯ! ހެހެ
4 0

ޭމެންަޓަލް ހެލްތް

14 ސެޕްޓެމްބަރު 2024
@ފޭވަރކުރުން! މަ މިއުޅޭ އޮފީހުން މިކަހަލަ ލީވެއް ހަމަޖައްސާލަ ދީބަ ނިކަން.
0 0

ދިވެހި

13 ސެޕްޓެމްބަރު 2024
ގާލްގައިޑުގެ ނިއުމާތުގެ ގާތް މީހުން އޮފީހުގެ މަގާމުތަކަށްލައިގެން އުޅެނީ. އަދި އޮފީހުގެ މަސައްކަތްތައް ނުކޮށް ގައިޑުގެ ދަތުރުތަކަށް ވީއްލާފަ މި ބަހައްޓަނީ! ހުސް ކޮރަޕްޝަން!!
7 1

ސަހާދެއްމިބުނީ

13 ސެޕްޓެމްބަރު 2024
ކީއްކުރާ ތަނެއްތީ. ބޮޑިބޮޑި ކިޔާފަ ދައުލަތުގެ ބަޖެޓުން ހަރަދުކުރަނީ މި މީހާއަށް ވަޒީފާދޭން. އަޑުއެހިން މިއީ އެމް.ޑީ.ޕީ ސަރުކާރުގެ މަތިފަޑިން މީނައަށް ލައްވާލި ހަދިޔާއެކޭ ކިޔާ އަޑުވެސް.
7 1

އައިންތު

13 ސެޕްޓެމްބަރު 2024
ތިތާ އުޅުނު ލީގަލް ޑިރެކްޓަރާ ޖައްސާލި ޖައްސާލީނުން އޭނަ މަގާމުން ވަކިކޮށްލީ ކިހިނެއްކަން ބަލާލީމަވެސް އެނގޭނެ ތިތާގެ ހާލަތު. ނިއުމަތަކީ އެއްވެސް އިންޓްގްރިޓީއެއް ހުރި މީހެއް ނޫން. ގައިޑުގަވެސް ކަމަކީ ހަމަ ތަފާތުކުރުމާ މީނަ އަމިއްލައަށް މަޝްހޫރުވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން. އަހަރެން ގައިޑުން ވަކިވީވެސް މީނަގެ ދަށުގަ އެ އުޅޭ މީނަގެ ގާތް ލީޑަރުންގެ އުނދަގުލާ ހެދި.
6 3

ލީގަލް ޑިރެކްޓަރު

13 ސެޕްޓެމްބަރު 2024
@އައިންތު މަށަށް ތިތާ ނޫޅެވުނީ ތިހެން މައްސަލަތައް ސަބްމިޓްކުރާ ކުދިންނާހުރެ.ދެން މި ސަބްމިޓް ކުރީމާ ނިއުމަތުތާ އިސްތިއުފާ ދޭނީ. މާސްޓަރޕްލޭން. ވާއޮ ވާއޮ. އިންޕްރެސްޑް
1 3

އަސްލު

13 ސެޕްޓެމްބަރު 2024
މިކިޔާ ކިޔާވެސް ވިސްލްބްލޯ ކުރަންޖެހޭކަމެއް ނޭނގުނު. ހީވަނީ ވިސްލްބްލޯ ކުރީ ފަރާތަށް ދަތުރު ނުލިބޭތީ އައިސްގެންއުޅޭ ރުޅިއެއް ހެން.
4 8

ރެކޮމެންޑޭޝަން

13 ސެޕްޓެމްބަރު 2024
@އަސްލު އަދި އެއް ފަހަރު ކިޔާލަން ވީނު. ނޫނީ ނިއުމަތު ބުނެގެން ކުރި ކޮމެންޓެއް ވީމަ ހަމަ އެއްޗެއް އަންޑަސްޓޭންޑް ނުވަނީދޯ.
7 1

ވާނުވާ!

13 ސެޕްޓެމްބަރު 2024
@އަސްލު އޮފީސް ހިންގުމުގެ ހަރުދަނާ އުސޫލުތައް އެކުލަވާ ނުލެވޭ! މިކަން ކުރަން ލަސްވެސް ވެއްޖެ!
6 0

ޢަލީ

13 ސެޕްޓެމްބަރު 2024
@އަސްލު ހަމަ ނުވިސްނުނު. އުވާލަން ވެފަ އޮތް ތަނެއް ހެން ހީވަނީ.
6 0

ސައްޕެ

13 ސެޕްޓެމްބަރު 2024
@ވާނުވާ! އެ އެއް ނޫން މިވާ ގޮތަކީ.... މި ވާ ގޮތަކީ ކުފޫ ހަމަނުވާ ޕާޓީކުދިންނަށް ދޭނެ ވަޒީފާކޮޅެއް ހޯދާލަނީ...
5 2

ސައްތާރް

13 ސެޕްޓެމްބަރު 2024
ައޮފީސް ހިންގާތާ އަހަަރަކަށްވުރެ ގިނަ ދުވަސް ވީމަ މިކަން މި އެނގުނީ؟ މީ މަގާމުގެ ބޭނުމުގަ ބަޔަކާ ޖައްސާލާ، އަގު ވައްޓާލުން ނޫން އެހެން ކަމެއްނޫން.
3 7

މެޑަމް

13 ސެޕްޓެމްބަރު 2024
@ސައްތާރް ކޮބާތޯ ތިބުނުއްވާ އަގަކީ؟ މުވައްޒަފުން ބުލީ ކުރުންތޯ؟
5 1

ާއަހްމަދު

13 ސެޕްޓެމްބަރު 2024
އަހަރެންގެ ފްރެންޑަކު ތިޔަތަނުގެ މޮނިޓަރިންގ ޑިޕާޓްމަންޓްއިން ވަކިވީ ތަފާތުކުރުމާ، ބުލީކުރުމާ ހެދި މީހާ މުޅިން ނަފުސާނީ ވެގެން ބަލި ބޮޑުވެގެން. ނިއުމާތުއަށް މައްސަލައެއް ގެންދިޔަސް އޭނަ ބުނަނީ ތިއީ ނެގަޓިވްކޮށް ދެކޭތީ ވާގޮތޭ ކިޔާފަ މައްސަލައެއް ނުބަލާ. ތީ ވަރަށް މުވައްޒަފުންގެ މެދުގައި ތަފާތު ކުރާ ތަނެއް. ގާލްގައިޑް ހިންގާގޮތަށް ރައްޓެހިން ލައިގެން ހިންގާތަނެއް ތީ.
8 3

ގާލް ގައިޑް

13 ސެޕްޓެމްބަރު 2024
@ާއަހްމަދު މައްސަލަ ބަލާފަ އެއްނު އެ ބުނީ ނެގެޓިވްކޮށް ވިސްނަނީއޭ.
0 3

މަންމަގެ ދަރި

13 ސެޕްޓެމްބަރު 2024
@ާއަހްމަދު އޭ މަގޭ ފުރެންޑެއްގެ މަންމަގެ ގެކައިރި އަވައްޓެރިއެއްގެ ގާލްފްރެންޑް ވެސް އުޅޭ ތިތާ..އޭނަ ބުނި އެކަމު ތީ ވަރަށް ބެސްޓް ތަނެކޭ.. ކާކު ބުނާ އެއްޗެއްބާ ދެން ގަބޫލު ކުރަންވީ
0 6

ސާބަހޭ

13 ސެޕްޓެމްބަރު 2024
ތިކަހަލަ ކުދިކުދި ތަންތަނުގަ މަށަށް ރަނގަޅީ ރައްޔިތުންގެ ފައިސާއިން ފާޑުފާޑުގެ ބިއުރޯތަކާ ޑިރެކްޓަރުންނާ ނުލިއްޔާ. މަށަށް އަދި ކިރިޔާ މިއިނގެނީ މިބަޑު އޮފީހެއްވެސް އޮތްކަން
0 3

ނާނު

13 ސެޕްޓެމްބަރު 2024
މެޑަމް ސާޖިދާ އަކީ ތެދުވެރިއެއް ބާރާއި ނުފޫޒު ބޭނުމެއް ނުކުރާނެ. މެޑަމް އާއި ތިބެހެގަތީ. މައްސަލަ ބަލާނަން
2 2

ޖުހާ

13 ސެޕްޓެމްބަރު 2024
@ނާނު ކުރީގަ މަށަށް ފެންނަނީ މެޑަމް ފަޒްނާ ގާތްކަމުން ދިން މަގާމެކޭ ލިޔެފަ ހުއްޓާ.މިވީ ގޮތް އޮޅިއްޖެ
3 1

ކާސިންޖީ

13 ސެޕްޓެމްބަރު 2024
@ނާނު ބޯހަލާކު. ސާޖިދާގެ ވާހަކައެއް ނޫނޭ އެ ދައްކަނީ! ދެން އޮޅިދާނެދޯ! ފޮޓޯގަ ފެންނަނީ ސާޖިދާވިއްޔާ!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް