ރަސްދޫ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުގައި ފަތުރުވެރިންތަކެއް ބަރަހަނާ ފިލްމުތަކެއް ކުޅުނު ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައި.

ފުލުހުން

ރަސްދޫގައި ބަރަހަނާ ފިލްމު ކުޅުނު ކަމަށް ބުނާ މައްސަލަ ބަލަނީ

ރަސްދޫ ބީޗާއި މަގުތަކުގައި ކުޅެފައިވާ އެފަދަ މަންޒަރުތަކެއް ހިމެނޭ ވީޑިއޯތަކެއް ދައުރުވަމުންދާ ކަމުގެ ޝަކުވާއާ އެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން
10 ސެޕްޓެމްބަރު 2024

އއ. ރަސްދޫގައި ފަތުރުވެރިންތަކެއް ބަރަހަނާ ފިލްމުތަކެއް ކުޅެ، ވެބްސައިޓެއްގައި އާއްމުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ރަސްދޫ ބީޗާއި މަގުތަކުގައި ކުޅެފައިވާ އެފަދަ މަންޒަރުތަކެއް ހިމެނޭ ވީޑިއޯތަކެއް ދައުރުވަމުންދާ ކަމުގެ ޝަކުވާއާ އެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ތަފްސީލް - ފުލުހުން ބުނީ އެފަދަ މައްސަލައެއްގެ ރިޕޯޓް ފުލުހަށް ލިބިފައި ނެތް ކަމަށާއި ނަމަވެސް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް