ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު. (ފައިލް ފޮޓޯ/ މަޖިލިސް)

އެފްއޭއެމް

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއަށް އެއްބާރުލުން ދެން: ރާފިއު

މިނިސްޓަރު ވިދާޅުވީ ކޮމިޓީއާ އެކު މަޝްވަރާކޮށް، ކޮމިޓީއަށް އެހީތެރިވެދީ، ކްލަބްތަކުގެ ފައިނޭންސް މައްސަލަތައް ހައްލުކުރަން މިނިސްޓްރީއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށް
10 ސެޕްޓެމްބަރު 2024

ބޮއްސުންލާފައިވާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކަންކަން ހަމައަކަށް އަޅުވައި، އާ އިންތިހާބެއް ބާއްވަން ފީފާ އިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީއަށް ސަރުކާރުގެ ފަރާތުން އެއްބާރުލުން ދެމުންދާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އޭނާ މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަމާޒުވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ބުނީ ކީކޭ؟ - ރާފިއު ވިދާޅުވި ގޮތުގައި، މިނިސްޓްރީން ގެންދަނީ ނޯމަލައިޒޭޝަން ކޮމިޓީއާ އެކު މަޝްވަރާކޮށް، ކޮމިޓީގެ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި:

  • ކޮމިޓީ ހިންގުމަށް ބޭނުންވާ ކަންކަން ވެސް ދޭތެރެ ދޭތެރެއިން މިނިސްޓްރީން ކޮށްދެމުންދޭ

  • ތިން މަސް ދުވަހަށް ކޮމިޓީގެ އޮފީސް ހިންގުމުގެ ކަންކަން ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔުމުގެ ފުރުސަތަކަށް ވަނީ އެބޭފުޅުން އެދިފައި؛ އެހެންވީމަ ތިން މަސް ދުވަހަށް ކޮމިޓީގެ ބޭފުޅުން މަސައްކަތް ކުރާނެ ތަނެއް މިހާރު ވަނީ ހަމަޖައްސައިދީފައި

  • އުންމީދު ކުރަނީ ތިން މަސް ފަހުން އެފްއޭއެމް ހައުސް މަރާމާތުކޮށް ނިމި އެތަނުގައި ކޮމިޓީގެ މަސައްކަތްތައް ކުރެވޭނެ ކަމަށް

"ނޯމަލައިޒިން ކޮމިޓީން އެދޭ އެދުން، ހާއްސަކޮށް ކްލަބްތަކާ ގުޅުންހުރި ކަންތައްތަކުގައި އަޅުގަނޑުމެންނާ ވާހަކަދެކެވެމުން އެބަދޭ. ކްލަބްތަކުގެ ފައިނޭންސް މައްސަލަ ހައްލުކުރުމަށްޓަކައި މިނިސްޓްރީން ކުރެވެން އޮތް ކަމެއް މިނިސްޓްރީން ކޮށްދެމުން ގެންދާނެ،" ރާފިއު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - އެފްއޭއެމް އިންތިހާބު ނުބޭއްވި މައްސަލަގަނޑެއްގެ ތެރެއަށް ދިއުމުން ފީފާއިން ނިންމީ ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ބެލުމުގެ ދަށުން ވަގުތީ ގޮތުން އެތަން ހިންގާށެވެ. މި ކޮމިޓީގެ މައިގަނޑު ޒިންމާއަކީ އާ އިންތިހާބެއް ބޭއްވުމެވެ.

ފީފާއިން ނެގި ފަސް މެމްބަރުންގެ ނޯމަލައިޒޭޝަން ކޮމިޓީގައި ޒުހޫރުގެ އިތުރުން ހިމެނެނީ ގާނޫނީ ވަކީލް އަހުމަދު މުއިއްޒު، ފަރީހާ ޝަރީފް، އިސްމާއިލް ސައިމަން އަދި އަހުމަދު އަލީ އެވެ.

ފީފާއިން ކުރިން ބުނި ގޮތުގައި އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކޮށް، އާ އިންތިހާބެއް 31 ޖުލައި 2025ގެ ކުރިން ބޭއްވުމަކީ ނޯމަލައިޒޭޝަން ކޮމިޓީގެ ޒިންމާއެކެވެ.

އެފްއޭއެމްގައި ކުރީގެ މެނޭޖްމަންޓުން ހިންގި ކަމަށް ތުހުމަތުކުރެވޭ ހިޔާނާތުގައި ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ވެސް އާ ކޮމިޓީން ކުރަން ޖެހެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް