5 އޮގަސްޓް 2023، މާލެއާއި ހައިވޭއަށް އުދަ އެރުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ހުޅުމާލެ ހައިވޭ ކައިރީ ހުންނަ ވިލާ ޕެޓްރޯލް ޝެޑް ކައިރިން ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ވީ ކިހިނެއް؟ ފުލުހުން ބުނި ގޮތުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓު މިރޭގެ ވަގުތެއް ވަނީ ލިބިފަ އެވެ. އެގޮތުން:
-
އެކްސިޑެންޓުގައި އަނިޔާވީ ފިރިހެނަކާއި އަންހެނަކަށް
-
ދެ މީހުނަށް ފަރުވާ ދެމުން ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި
-
ހާލަތުގެ ތަފުސީލެއް އަދި ނޭނގެ
ފާހަގަކޮށްލެވޭ - މި ފަހުން މާލެ ސަރަހައްދުގައި ޖެހިޖެހިގެން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައިގެން، ރާއްޖޭގެ މަގުމަތީގެ ރައްކާތެރިކަން ކުޑަކަމުގެ ޝަކުވާ އަނެއްކާ ވެސް ވަނީ ބޮޑުވެފަ އެވެ. އެގޮތުން:
-
މިއަދު ހެނދުނު ސައިކަލަކާއި ކާރެއް ޖެހި، ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައި
-
ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން، ބުރާސްފަތި ދުވަހުގެ ރޭ ފަތިހު ސްޕޯޓްސް ކާރަކުން ޖެހި، އުމުރުން 23 އަހަރުގެ ހަސަން ސަމާހު މަރުވި
އެކްސިޑެންޓުތައް މަދު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ. އެ ފިޔަވަޅުތައް އެމަނިކުފާނު ރޭގައި އިއުލާނު ކުރެއްވި އިރު ބާރު ސްޕީޑުގައި ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމުގެ އިތުރުން ވަކި ވައްތަރުގެ ވެހިކަލް މަނާކުރުމާއި ރޭސިން އާއި ޑްރިފްޓިންއަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރުން ހިމެނެ އެވެ.
ކޮމެންޓް (1)
ސުނާރު