މަރާމާތަށް އާސަހަރާ ބަންދުކޮށްފައި: ޖަނާޒާތައް އަލުން ބާއްވަން އަންނަނީ ތައްޔާރުވަމުން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
މި މަސް ނިމުމުގެ ކުރިން އާސަހަރާގެ މަސައްކަތް ނިންމައި މީހުން ވަޅުލަން ފަށަނީ
މާލޭގައި ހުންނަ އާސަހަރާ މިސްކިތުގެ މަރާމާތުގެ މަސައްކަތްތައް ނިންމައި، މިސްކިތުގެ ތިރީ ބައި މިއަދު ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - ބޮޑެތި ބަދަލުތަކަކާ އެކު މަރާމާތުކުރަން އާސަހަރާ ބަންދުކުރީ މިދިޔަ އަހަރުގެ މޭ މަހުގެ ފަހުކޮޅެވެ.
ތަފްސީލް - މިއަދުގެ ހުކުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގެ ތިރީ ބައި ވަނީ ހުޅުވައިފަ އެވެ. މާލޭ މޭޔަރު އާދަމް އާޒިމް ރޭ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވިގޮތުގައި:
-
މި މަސް ނިމުމުގެ ކުރިން މިސްކިތުގެ މަސައްކަތް ނިންމާނެ
-
އެއާއެކު ޖަނާޒާގެ ކަންކަން އާސަހަރާގައި އަލުން ފަށާނެ
އާސަހަރާ މަރާމާތު ކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
-
މިސްކިތް ދެ ބުރިއަށް އިމާރާތްކުރުން
-
ހިނަވާގެ އާއި ފާހާނާތައް މަރާމާތުކުރުން
-
މަތީގައި ވެއިޓިން އޭރިއާއެއް
-
މައްޔިތުންގެ މޫނު ދައްކަން ބާއްވާ އަށިތައް ޒަމާނީ ފެންވަރަށް ހެދުން
-
އަންހެނުން ނަމާދުކުރާ ބައި ބޮޑުކޮށް އަލުން ހެދުން
-
މިސްކިތުގެ ފިިރިހެނުންގެ ބައި ވެސް ބޮޑުކުރުން
އާސަހަރާ މިސްކިތުގެ މަޝްރޫއު:
-
މިދިޔަ ޑިސެމްބަރު މަހު ބީ ސިކްސްއާ މަޝްރޫއު ހަވާލުކުރީ 4.7 މިލިއަން ރުފިޔާއަށް
-
އާސަހަރާ މިސްކިތުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ 4.9 މިލިއަން ރުފިޔާއަށް ޕީއެންޕީ ކުންފުންޏާ
-
މަސައްކަތް ކުރިއަށް ގެންދަން ޕީއެންޕީއަށް 3.6 މިލިއަން ރުފިޔާ ދޫކޮށްފައިވޭ
-
ނަމަވެސް ޕްރޮޖެކްޓް ނިންމަން ދިން މުއްދަތު އިތުރުކޮށްދިނުމުން ވެސް ނިންމިފައެއް ނުވޭ