އެކްސިޑެންޓުވީއިރު ރޭސިން ކާރު ދުއްވަން އިން ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި އިކްރާމް

ރޭސް ކާރު އެކްސިޑެންޓް: ދޫވިއިކުރާމް ބަންދުގައި ބަހައްޓަން ދިނީ ތިން ދުވަސް

ހައިކޯޓުން ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް އޭނާ ބަންދުން ދޫކޮށްލުމުން ހަމަ އެރޭ ފުލުހުން ވަނީ އަލުން އޭނާ ހައްޔަރުކޮށްފައި
3 ސެޕްޓެމްބަރު 2024

މިދިޔަ ޖުލައި މަހު ފަހުކޮޅު ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުގައި ރޭސް ކާރު ދުއްވަން އިންކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިބްރާހިމް އިކްރާމް ތިން ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އޭނާ ހައި ކޯޓުން މިދިޔަ އާދީއްތަ ދޫކޮށްލާފައި ވަނީ ވަކީލަކު އައްޔަންކުރުމުގެ ހައްގަށް އެދިފައިވަނިކޮށް އެކަން ހަމަޖައްސައި ނުދީ ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު ޖަހާފައި ވާތީ އެވެ. އެގޮތުން:

  • ފުލުހުން އަނެއްކާ ވެސް ކޯޓު އަމުރެއްގެ ދަށުން އެ ދުވަހުގެ ރޭ އިކްރާމް ހައްޔަރުކޮށްފައިވޭ

ފުލުހުންގެ ބަސް - ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، ތިން ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އެނގުން މުހިންމު - އެ މައްސަލާގައި ކާރުގައި ތިބި ތިން މީހުން ވެސް ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރުމުން އެ މީހުން ބަންދުގައި ބޭތިއްބުމަށް މީގެ ކުރިން އަމުރުކޮށްފައިވެ އެވެ. މި ތިން މީހުންނަކީ ވެސް ކުށުގެ އެކި ރެކޯޑް އޮންނަ މީހުންނެވެ.

މައްސަލައިގައި ހިމެނޭ އިކްރާމް، 33، އަކީ:

  • 2022 ވަނަ އަހަރު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް މުޒާހަރާކޮށް ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި

  • ބަންދުން ދޫކޮށްލީ މި އަހަރުގެ ފެބްރުއަރީގައި

އެ މައްސަލައިގައި ދެން ހައްޔަރު ކުރި އިކްރާމުއްރަހުމާން އަކީ:

  • އުމުރުން 16 އަހަރުގައި، 2015 ވަނަ އަހަރު 16 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ މީހެއް 

  • ހައި ކޯޓުން ވެސް ދެމެހެއްޓި އެ ހުކުމުގެ އަދަބު ފަހުން ޖުވެނައިލް ކޯޓުން ވަނީ އޭނާ އިސްލާހީ ޕްރޮގްރާމެއްގައި ބައިވެރިވެފައިވުމުން، މައާފްކޮށްދީފައި

ދެން ހިމެނޭ ޖިނާހް އިސްމާއީލަކީ:

  • މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއްގައި ހުރި މީހެއް

  • 2022 ވަަނަ އަަހަރު އޭނާ ބަންދުން ދޫކޮށްލީ ރައީސްއަށް ލިބިދީފައިވާ މާފުދެއްވުމުގެ އިހުތިޔާރުގެ ދަށުން އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ހުކުމަށް ލުއި ދެއްވުމުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް