މި މައްސަލާގައި ހައްޔަރުކޮށްފައިވާ އަތުހަރު އަންހެންމީހާގެ ކަރުގައި ވަޅި ޖައްސަައިގެން ހުރެ އިންޒާރުދެނީ

އަތުހަރުގެ މަރު؛ މިނިވަން ތަހުގީގަކަށް ޓްރާންސްޕޭރެންސީން ގޮވާލައިފި

އޭނާ ހައްޔަރު ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކުރިކަން ހާމަވުމާއި އަތުހަރުގެ ހާލަތަށް ބަލައި ބަންދުގައި ބެހެއްޓުމަށް ނިންމި މައްސަލަ ވެސް ބަލަން ގޮވާލި
3 ސެޕްޓެމްބަރު 2024

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނުކުރި މައްސަލާގައި ފުލުހުންގެ ހައްޔަރުކޮށްފައި ހުއްޓާ ދަންޖެހިގެން، ހާލު ސީރިއަސްވެ ފަރުވާދެމުން ދަނިކޮށް އާދަމް އަތުހަރު މަރުވި މައްސަލާގައި މިނިވަން ތަހުގީގެއް ހިންގުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.

މައްސަލައިގެ ފެށުން - އަތުހަރު ގޮޅީގައި ހުއްޓައި ދަންޖެހުނުކަން އެނގުނީ އޭގެ ބައި ގަޑިއިރެއްހާ އިރު ފަހުން ސީސީޓީވީ ކެމެރާއިން ފުލުހުންނަށް ފެނުނު ފަހުންނެވެ. އަދި ދަން ޖެހެން ބޭނުންކުރީ ލައިގެން ހުރި ސޯޓުގެ ނާޑުވާއެއްކަން، ފުލުހުން ރޭ މީޑިއާތަކަށް ދެއްކި ވީޑިއޯއިން އެނގުނެވެ. މިއާއެކު ގިނަ ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ.

ވީ ކިހިނެއް؟ - ޓްރާންސްޕޭރެންސީ އިން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ގޮވާލާފައިވަނީ އޭނާ ހައްޔަރުކުރި ގޮތާއި، މަރުވުމާ ހަމައަށް ހިނގި ހާދިސާތަކުގެ އިންސާފުވެރި، މިނިވަން، ފުރިހަމަ، އަދި ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށެވެ.

އެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)، އަދި ފުލުހުންނަށް ވެސް ގޮވާލާފައިވެ އެވެ. 

ތަފްސީލް - އޭނާ ހައްޔަރު ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކުރިކަން ހާމަވުމާއި އަތުހަރުގެ ހާލަތަށް ބަލައި ބަންދުގައި ބެހެއްޓުމަށް ނިންމި މައްސަލަ ވެސް ބަލަން ގޮވާލި އެވެ.

އޭގެ އިތުރުން ވެސް:

  •   ތަހުގީގު އަވަސްކޮށް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންގޮސް ތަހުގީގަށް ލިބިފައިވާ ހޯދުންތައް އާންމުކުރަން ގޮވާލި

  •  ކަސްޓޯޑިއަލް އަދި ޑިޓެންޝަން ސިސްޓަމްތަކުގެ އޮބްސައިޓް މެކޭނިޒަމްތައް ހަރުދަނާކުރަން ގޮވާލި

  • ހައި ޕްރެޝާާ ހާލަތްތައް މީހުންގެ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދީ ފުލުހުންގެ ތަމްރީން އިތުރުކުރުމަށް ގޮވާލި

  • ސުލްހަވެރި އަދި މީހުން އިސްލާހުކުރުމުގެ ވިސްނުމުގައި ޖިނާއީ އަދުލުގެ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ގޮވާލި

ފުލުހުން އިއްޔެ ހިއްސާކުރި ޓައިމްލައިން ދައްކާ ގޮތުގައި:

  • 7:06 ރޭގަނޑު - ދޫނިދޫ ކްލިނިކަށް ގެންދިއުން 

  • 7:14 ރޭގަނޑު - އަތުހަރު ކުއްލި ހާލަތުގައި ލޯންޗުގައި މާލެ ގެންދިއުން 

  • 7:17 ރޭގަނޑު - އައިޖީއެމްއެޗަށް ގެންދަން އެމްބިއުލާންސަށް އެރުވުން

  • 7:25 ރޭގަނޑު - އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެންދިއުން

ފަސް މަންޒަރު - އަތުހަރު ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާގައި އަންހެން މީހާ ސަލާމަތްކުރުމަށް އުުޅުމުގެ ތެރޭގައި ފުލުހުން މުގުރުން އޭނާގެ ބޮލުގައި ޖެހުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު، ޖެހިގެން އައި ހުކުރު ދުވަހުގަ އެވެ.

ހޮޑުލާތީ އާއި ފިޓު ޖެހިގެން ހުކުރު ދުވަހު ވެސް އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ހޮނިހިރު ދުވަހުގެ ވަގުތެއްގައި ހޮސްޕިޓަލުން އޭނާ ދޫކޮށްލުމުން، އަނެއްކާ ވެސް ފުލުހުންގެ ހައްޔަރަށް ގެންދިޔަ އެވެ. 

ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި އޭނާ ބަހައްޓަން ހޮނިހިރު ދުވަހު އަމުރުކޮށްފަ އެވެ. އަމިއްލައަށް މަރުވާން މަސައްކަތްކުރީ އޭގެ ފަހުން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގެ ގޮޅީއެއްގައި ބަންދުކޮށްފައި ހުއްޓަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް