ހުޅުމާލޭގައި އަޅާ ޕާކިން އިމާރާތްތައް ހުންނާނެ ގޮތުގެ ކުރެހުމެއް (ފޮޓޯ/އެޗްޑީސީ)

ޕާކުކުރުން

ހުުޅުމާލޭގައި ޕާކިން އަށް 15 އިމާރަތް އަޅަނީ

މި އިމާރަތްތަކުގައި ވެހިކަލްތަކަށް ރައްކާތެރިކޮށް ޕާކްކުރެވޭނެ އިންތިޒާމާއެކު ކޮމާޝަލް ޔުނިޓުތައް ވެސް ހިމެނޭނެ

ހުޅުމާލޭގައި 15 ޕާކިން އިމާރާތް ތަރައްގީކުރަން ނިންމާ އެ މަސައްކަތަށް ޝަައުގުވެރިކަން ފާޅުކުރަން ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ހުޅުމާލެ ބަލަހައްޓަ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މި ޕާކިން އިމާރާތްތަކަކީ ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރޭ ހިމެނޭ ކަމެއް ކަމަށެވެ.

ތަފްސީލް - މި އިމާރަތްތަކުގައި ވެހިކަލްތަކަށް ރައްކާތެރިކޮށް ޕާކްކުރެވޭނެ އިންތިޒާމާއެކު ކޮމާޝަލް ޔުނިޓުތައް ވެސް ހިމެނޭނެ ކަމަށް ބުންޏެވެ.

އެ މަޝްރޫއު ހިންގުމަށް ހަވާލު ކުރާއިރު އިސްކަންދޭނީ އީޕީސީ ޕްލަސް އެފް (އިންޖިނޭރިން، ޕްރޮކިއުމަންޓް، ކޮންސްޓްރަކްޝަން އަދި ފައިނޭންސް) މޮޑެލްއަށް ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އީއޯއައި ހުށަހަޅާއިރު އެހެން މޮޑަލްތަކަށް ވެސް ހުށަހެޅޭނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެޗްޑީސީ އިން ބުނީ:

  • އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށް

  • އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރަށް ބަލާނެ

  • އީއޯއައި ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 16ގެ ކުރިން އީމެއިލް މެދުވެރިކޮށް

ގުޅުން ހުރި - ހުޅުމާލޭގައި އުޅަނދު ޕާކު ކުރަން ވަކި ސަރަހައްދުތަކެއް ހާއްސަކޮށް ކުލި ދައްކައިގެން އުޅަނދު ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްއަގު ދައްކާގޮތަށް އަދި ނުދައްކާ ގޮތަށް ވެސް ޕާކު ކުރާނެ ޖާގަ ހަމަޖައްސަން ނިންމާފައިވާ ކަމަށް އެޗްޑީސީ އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް