ރައީސް މުހައްމަދު މުއިއްޒު މިރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ (ފޮޓޯ/ ޕީއެންސީ)

މަސައްކަތްކުރީ ބަގާވާތްކުރަން، ގާނޫނުއަސާސީގައި އޮތް ގޮތަށް އެކަން ބަލާނެ: ރައީސް

ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އެކަމުގައި ކުށްވެރިވެ ހުކުމެއް އަތުވެއްޖެ ނަމަ އެއީ ކޮންމެ މީހެއް ކަމަށް ވިޔަސް އެ ހުކުމް ތަންފީޒުކުރަން ފަހަތަށް ނުޖެހޭނެ ކަމަށް

ބީއެމްއެލްގެ ނިންމުމާ އެކު އިއްޔެ ހިނގައިދިޔަ ކަންތައްތަކަކީ ބަގާވާތްކުރަން ކުރި މަސައްކަތެއް ކަން 'ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކަށް ވެސް އެނގޭނެ' ކަމަށް ވިދާޅުވެ، ގާނޫނުއަސާސީގައި އޮތް ގޮތަށް އެކަން ބަލާ، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ޕީއެންސީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފާހަގަކޮށްލެވޭ - އެ ޖަލްސާގައި ރައީސްގެ ކުރިން ވާހަކަދެއްކެވި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ވަނީ ބީއެމްއެލްއިން އިއްޔެ އެޅި ފިޔަވަޅަކީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އަޑީގައި އޮވެގެން ރާއްޖޭގައި މާލީ ބަގާވާތެއް ހިންގަން ކުރި މަސައްކަތެއް ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

ބީއެމްއެލްއިން ރުފިޔާ ކާޑުން ޑޮލަރު ނުކެޑޭ ގޮތަށް އިއްޔެ ހެނދުނު ނިންމި ނިންމުމާ ދިމާކޮށް، މި ސަރުކާރު ބަދަލުކުރަން ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ބުނެ، އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ބުނީ ކީކޭ؟ - "މިއީ ރޭވިގެން ހިނގި ކަމެއް. އެ ކުރި ގޮތެއް ބަލަން ފުލުން އެ އޮތީ ފަށާފައި،" ރައީސް ވިދާޅުވި އެވެ.

ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަން އެނގިވަޑައިގެންނެވީ ޖަލްސާގައި އިންނަވަނިކޮށްކަމަށް ވިދާޅުވެ، ޝިޔާމްގެ ވާހަކައަށް ތާއީދުކުރައްވާ ރައީސް ވެސް ވަނީ އިއްޔެގެ ނިންމުންތަކަކީ ބަގާވާތެއް ކަމަށް ސިފަކުރައްވައިފަ އެވެ.

"މި ކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު ވިސްނާލީމާ، މި ހުރިހާ ޑޮޓްތަކެއް ގުޅިގެން ދާކަން އެނގޭނެ. މި ކުރި ކަންތައް މިއީ ހަމަ ޝިޔާމް ވެސް ފާހަގަކުރެއްވި ގޮތަށް، މި ވާނީ ބަގާވާތްކުރަން މަސައްކަތް ކުރުމަށް،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ ސަރުކާރު ގައިރު ގާނޫނީ ގޮތަށް ބަދަލު ކުރުމަށް، އަދި އެ ނޫން ވެސް ގައިރު ގާނޫނީ ގޮތަކަށް ރައްޔިތުންގެ ނިންމުން ބަދަލުކުރަން ކުރާ މަސައްކަތް، ގާނޫނުއަސާސީގައި އޮންނަ ގޮތަކަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމުގައި ފުރިހަމަ ބާރާއި އެކުގައި، ގާނޫނުއަސާސީގައި އޮންނަ ގޮތަށް ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން."

އެކަމުގައި ކުށްވެރިވަނީ ކޮންމެ މީހެއް ކަމަށް ވިޔަސް، ބަގާވާތް ކުރަން މަސައްކަތް ކުރިކަން ސާބިތުވެ ހުކުމެއް އަތުވެއްޖެ ނަމަ އެ ހުކުމެއް ތަންފީޒުކުރަން ފަހަތަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.

ކޮމެންޓް (11)

މޮޔަ

27 އޯގަސްޓު 2024
ދިވެހީންގެ ރާއްޖޭ
0 0

އިންނަމާދޫ ނުކިއްސަރު ވަޑި

27 އޯގަސްޓު 2024
ޓިނު ގަނޑެއް ދަށުވެ އެކަތަ ހޮޅިއެއް ބަޅުވެގެން ދިއުން މިއީވެސް ފަހު ޒަމާނުގެ އަލާމަތް ދެއްތޯ؟
2 0

ހިމާރުލްގައުމު

27 އޯގަސްޓު 2024
މިއީ ރައްޔިތުންގެ ބާރުވެރިކަން ދައްކަންވީ ވަގުތު. އެމްއެމްއޭ ދަވާލާފަ ބީއެމްއެލް ދަވާލަން އައިސްތުމެންގެ ރުހުން ނުލިބުނީމަ ބޭރުކޮށްފަ ރައްޔިތުންގެ ލާރިކޮޅުވެސް ފެލާލަނީ. ވެރިކަމުން ބޭރުކޮށް ހިފާ ހައްޔަރުކޮށް ހުރަގެއަށް ލާން ރައްޔިތުން ނުކުންނަން އެބަޖެހޭ.
3 0

ހުވަދޫ އަހައްމަދޭ

27 އޯގަސްޓު 2024
އިގްތިސާދަކީ ކޯއްޗެއްކަންވެސް ނޭނގޭ މީހެއް އައިސްތު ނޫރައްދީންމެން ކަހަލަ ކިޔަވައިގެން ތިބި މީހުން ބޭރުކޮށްފަ ޓިނޭމެން ލައިގެން ގައުމު ބަނގުރޫޓު އަރުވާލަނީ. މީނަ ބޭރުކުރަން އެބަޖެހޭ ރައްޔިތުން ނުކުމެ.
3 0

ހިމާރުލްގައުމު

27 އޯގަސްޓު 2024
ދިވެހި ރައްޔިތުން މަގުތަކަށް ނުކުމެ މިކަލޭގެއަށް ނޫނެކޭ ބުނެ މީނަ ވެރިކަމުން ބާލަން ޖެހޭ. ގައުމު މިދަނީ ސީދާ ސްރީލަންކާގެ މިސްރާބަށް
3 0

ރާޖޫ

27 އޯގަސްޓު 2024
ޕަކާސް. ކަލޭ ތިޔަ ކުރަނީ ވެރިކަމެއް؟
3 0

ބަނީސް

27 އޯގަސްޓު 2024
ބީއެމްއެލްގެ ބޯޑުގައި މިހާރު ތިބި ނުވަ މެންބަރުންގެ ތެރެއިން ހަ މެންބަރުންނަކީ މިދިޔަ މެއި މަހު އޮތް އެ ބޭންކުގެ އަހަރީ އާންމު ޖަލްސާއަށް ސަރުކާރުން ހުށަހަޅައިގެން އައްޔަނު ކޮށްފައި ތިބި ބައެއް. ވެރިކަން ވައްޓާލަން ރައްޔިތުން ނިކުމެދާނެކަމުގެ ބިރުގަނެ ބަދަލު ގެންނަން މަޖުބޫރުވެ ބަދަލުކޮށްފަ މިހާރު އެކަން އޮތްބާލުން މިދަނީ
3 0

މިނާމީ

27 އޯގަސްޓު 2024
ބީއެމްއެލް އުވާލާ. ބަގާވަތް މޯލްޑިވްސް ލިމިޑެޓް
1 1

ޮރިނަމިން

27 އޯގަސްޓު 2024
ސިޔާސީ މީހުންގެ އަދަދު ހާމަ ނުކޮށް ކުރާ ހަމައެކަނި ވެރިކަން. ގައުމު އަޑިއަޅައިގެން މިއުޅެނީ އެކަމާ. ރައްޔިތުން މިކަމަށް ނިކުންނަންޖެހޭ. ބަގްލަދޭޝްގަ ވީހެން މިތާގަ މިވަނީ. ބޮޑު މުސާރަ ލިބޭ ގިނަ މަގާމު ތަކަކީ ނުކިޔަވާ ތިބި ސިޔާސީންނަށް ދީފަހުރި މަގާމު. ސިޔާސީ މަގާމުގެ ކޯޓާއެއް ނެތް. ރައީސް ބޭނުން އަދަދެއް ދެނީ ހުއްޓުމެއް ނެތް. އަދަދު ސިއްރު
3 0

މަ ކުށްވެރިކުރަން

27 އޯގަސްޓު 2024
ބީއެމްއެލް ބަޤާވާތް
1 1

ސިކުނޑި

27 އޯގަސްޓު 2024
އަބްދުއްރަހީމު ރޯލްމޮޑެލްއަކަށް ބަލައިގެން އުޅޭކަން އެނގޭ މުއީޒުގެ ވާހަކަތަކުން! މިވަރުގެ ތާކުންތާކުނުޖެހޭ ވާހަކަ ދައްކާވެރިއެއް އަދި ނުދެކެން! ކެމްޕޭން ދުވަސްވަރު ތަނެއް ދޮރެއް ނުބަލާ ވައުދު އުކަމުން ދިއުމުގެ ނަތީޖާ ތިފެންނަނީ! ހިތުގައި އިޚުލާސްތެރި ކަމެއް ނެތަސް، ވައުދު ފުއްދަން މަސައްކަތްކުރަން މަޖުބޫރު! ފުއްދޭކަށްނެތް! ނުފުއްދާ ވާކަށްނެތް! މިއޮތީވާ ސަރުކާރެއް! މި ހީވަނީ ގަރާޖު ސިޓީ ނުލިބިގެން އުޅޭ ކާރެއްހެން!
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް